ވައިގެ ތެރޭގައި ހުންނަ ކޮވިޑް-19 ގެ ޖަރާސީމްތައް ނައްތާލާ ޑިވައިސް އެއް މާކެޓަށް ނެރުމަށް އިންޑިއާ އިން ތައްޔާރުވެއްޖެއެވެ.
ސްކެލިން ހައިޕަޗާޖް ކޮރޯނާ ކެނަން (ސައިކޮކޭން) ނަމުން ނަން ދީފައިވާ މި ޑިވައިސްއަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންނާއި، އީޔޫ އިން ވަނީ 26 ޓެސްޓަކަށް ފަހު އެޕްރޫވަލް ދީފައެވެ. އެތަންތަނުން ކުރި ޓެސްޓުތައް ކާމިޔާބު ވުމާއި އެކު މިހާރު އިންޑިއާއަށް ވަނީ މިި އާލާތް އުފައްދައި މާކެޓަށް ނެރުމުގެ ހުއްދަ ލިބިފައެވެ.
މި އާލާތް އުފައްދާފައި ވަނީ އިންޑިއާގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ. ރާޖާ ވިޖޭ ކުމާރުގެ މޭސްތިރިކަމުގެ ދަށުގައެވެ.
އޭނާއަށް މީގެ ކުރިންވެސް ވަނީ އެންޓި ކެންސަ ސައިޓޮޓްރޯން އުފައްދައިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މި ޑިވައިސްގެ ޒަރިއްޔާއިން ވައިގެ ތެރޭގައި އަށަގެންފައި ހުންނަ ކޮވިޑް-19 ވައިރަހުގެ ޖަރާސީމްތައް ނައްތައިލުމުގެ 99.9 އިންސައްތަ ޔަގީންކަން އޮވެއެވެ.
އަދި މި ޑިވައިސްގެ ޒަރިއްޔާއިން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި މިއީ ރައްކާތެރި ޑިވައިސްއެއް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ދައްކައެވެ.
މި އަލާތަކީ ކޮވިޑް-19 އަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދުމާ ހަމައަށް ބޭނުން ކުރަން ރައްކާތެރި އާލާތެއް ކަމަށް މި އާލާތް އުފެއްދި ބެންގަލޫރުގެ އޮގަނައިޒޭޝަން ޑި ސްކެލީނުން ވަނީ ބުނެފައެވެ.
މި ބަލި މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ގައުމަކަށް އިންޑިއާ ވެފައިވާއިރު އިންޑިއާއިންވެސް އަންނަނީ ކޮވިޑް-19 އަށް އެކަށީގެންވާ ބޭހެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮބާ މޯދީގެ މޮޅުކަން ފެނޭތަ އެބަ.