ޔޫރަޕްގެ މާކެޓްތައް ޗައިނާއަށް ލިމިޓް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ދީފިއެވެ.

މާކެލް އެގޮތަށް ވިދާޅުވީ ޗައިނާ އިން އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް އެތެރެކުރަމުން އަންނަ ބައެއް ތަކެތި އެތެރެ ކުރުން މަދުކުރި ދަނޑިވަޅެއްގައެވެ.

"ޗައިނާއިން އެހެން ސަރަހައްދުތަކަށް މާކެޓްގެ ހުއްދަ ނުދޭނަމަ، ޔޫރަޕްގެ މާކެޓްތައްވެސް ހަނިވެގެން ދާނެ" މާކެލް އާއި ހަވާލާދީ ސައުތް ޗައިނާ މޯނިން ޕޯސްޓުގައިވެއެވެ.

އީޔޫގެ ސަމިޓަށްފަހު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާކެލް ވިދާޅުވީ ޗައިނާއިން ޔޫރަޕަށް ކުރާ އިންވެސްމެންޓްތައް ހުރި ކަމަށާއި ނަމަވެސް ޗައިނާއިން އެފަދަ ފުރުސަތެއް ނުދޭ ކަމަށެވެ. އަދި އެމީހުންވެސް އުއްމީދު ކުރަނީ ޗައިނާއަށް ކުރާ އިންވެސްޓްމެންޓް އަށް ޗައިނާއިން އިހުތިރާމު ކޮށް އެ ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ މާކެޓްއަށް ވަންނަ ވަރަށް ބައިވަރު ހުރަސްތައް ހުރިކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މާކެލް ވަނީ ޗައިނާއިން ހޮންގޮކޮންގް އަށް ކުރާ ތަރައްގީތަކާއި އެހެން ތަންތަނަށް ކުރާ ތަރައްގީތަކުގައި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެފައެވެ.

އީޔޫގެ ސަމިޓުގައި ގައުމުތަކުގެ އިސްވެރިން މައިގަނޑު ގޮތަކަށް ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވަނީ ޗައިނާއާ ބެހޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު