އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވިތާ އެންމެ ހަތަރު ދުވަސް ތެރޭގައި އޭނާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން މިވަނީ ދޫކޮށްލާފައެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަދިވެސް ޓްރަމްޕް އެއްކޮށް ނުރައްކަލުން ސަލާމަތެއް ނުވެއެވެ. އަދިވެސް ކޮވިޑް-19 ބަލީގައި ޓްރަމްޕް މަރުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ދެތަޖުރިބާކާރުން ކަމަށްވާ ޑރ.ޖޭ ޓޮޕެލް އާއި އަބްރަހަމް ވެގެސީ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް އަވަހަށް ރަނގަޅުވި ނަމަވެސް ކުއްލިއަކަށް ހަށިގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން ހާލަތު ގޯސްވެ މަރުވެފައި ވެސް އެބަހުރި ކަމަށެވެ. ޑޮކްޓަރުން މިހާލަތައް ދީފައިވާ ނަމަކީ ސައިޓޯކިން ސްޓޯމް އެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސް ޑިޕާޓްމަންޓްގެ ވެރިޔާ ޑރ.ފައުޗީ ވެސް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް އަވަހަށް ރަނގަޅު ވުމަށްފަހު ކުއްލިއަކަށް ގޯސްވެ، ވެންޓިލޭޓަރުގައި ވެސް ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން ވަނީ އަދި މިހާތަނަށް ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައި ނުވާ ބޭހެއް ޓްރަމްޕަށް ދީފައެވެ. އެބޭހަކީ އަދި އެންމެ ރަނގަޅަށް ތަހްލީލްތައް ވެސް ކުރިއަށް ގެންދެވިފައިވާ ބޭހެއް ނޫނެވެ. އެހެންކަމުން ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕް ބޭނުން ކުރި ބޭހުގެ ސައިޑް އިފެކްޓްތަކެއްކޮށް ޓްރަމްޕަށް އިތުރު ސިއްހީ މައްސަލަތަކެއް ކުރިއަށް އޮތްތަނުގައި ދިމާވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮވިޑް-19 އަކީ އަލަށް ދުނިޔެ އިން ފެނިގެން އުޅޭ ބައްޔަކަށް ވާތީ މިބަލީގެ ގިނަ ކަންކަން އަދިވެސް ސައިންސްވެރިން ދަނީ ދިރާސާ ކުރަމުންނެވެ. ބަލި ޖެހޭ މީހުން ބަލިން ރަނގަޅު ވެއްޖެކަމަށް ހީވުމަށްފަހު އަލުން ހާލަތު ގޯސްވަނީ ކީއްވެތޯ ބަލަން ވެސް އެކި ގައުމުތަކުގައި ދިރާސާތައް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރިމަގު

    ތި އެއްޗަކު އަވަހަށް މަރުވިއްޔާ ރަނގަޅީވެސް

    2
    2
  2. އަރީ

    ބަލަގަ މަރަކީ އިންސާނުން އަތްމަތީ އޮންނަކަމެއްތަ؟ މަރޭ މަރޭ ކިޔަނީ؟ ކޮވިޑް އަކީ ބަޔަކުމީހުން ރާވައިގެން ހިންގާ ޖަރީމާއެއް. ގަދަކަމުން މީހުން ކޮވިޑް ގަ މަރުވިކަމަށް ހަދަނީ.

    10
    17
  3. އރ

    ކޮވިޑް ނުޖެހުނަސް ޓްރަމްޕް ވެސް މަރުވާނެ ކަންގައިމު.

    30
  4. ހަސަނު

    ޓުރަމްޕަށް ވުރެ ކުރިން މި ޙަބަރު ލިޔުނު މީހާވެސް މަރުވެދާނެ! މަރަކީ ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެކަމެއް، ކޮވިޑަކީ ޗައިނާ އަޑީގަ އޮވެގެން އިގްތިސާދި މަންފާތަކެއް ހޯދަން ގެނާ ބަލިމަޑުކަމެއް.

    1
    9