އެމެރިކަގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް މީގެ ކުރިންވެސް ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ވަނީ ކުރެވިފައެެވެ. އެހެންންމަަވެސް މިއިން އެއްވެސް ފަހަރެއްގައި އެފަދަ ތުހުމަތެއް ސާބިތުވެފައެއް ނެތެވެ.
ޓްރަމްޕް އަށް އަނެއްކާވެސް މިފަދަ ތުހުމަތެއް މިވަނީ ކުރެވިފައެވެ. ސެލެބްރިޓީ އެޕްރެންޓިސްގެ ތަރި ކްލައުޑިއާ ޖޯޑަން ވަނީ ޑޮނާލްޑް ޓްރަމްޕް އޭނާ އަށް ގަދަތަމުން ބޮސްދޭން އުޅުނު ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެގޮތަށް އޭނާ ގަދަކަމުން ބޮސްދޭން އުޅުމުން އޭނާ އުޅެނީ ކައިވެނިކޮށްގެން ކަަމަށާއި، އެއީ ރަނގަޅު ގޮތެއް ނޫން ކަން ހަނދުމަކޮށްދީފައިވާ ކަމަށް ކްލައުޑިއާ ބުނެއެވެ.
ކްލައުޑިއަ ވަނީ ރައީސެއްގެ ހުންނަން ޖެހޭ އަހުލާގާއި ޝަހުސިއްޔަތު ޓްރަމްޕްގެ ނެތް ކަމަށް ފާހަގަކޮށްފައެވެ.
އަދި އޭނާ އަށް ޓްރަމްޕް ގަދަ ކަމުން ބޮސްދޭން އުޅުނީ ތަފާތު ދެ ދުވަހެއްގެ މަތިން ކަމަށާއި، އޭރުވެސް އުޅުނީ މެލީނާ ޓްރަމްޕް އާއި ކަވެނިކޮށްގެން ކަމުން އޭނާ އަށް ހައިރާންކަން ލިބުނުކަމަށް ވަނީ ބުނެފައެވެ.
ވައިޓްހައުސް އިން ވަނީ މިކަމާއި ވާހަކަދައްކަން ދެކޮޅު ހަދާފައެވެ.
ކްލައުޑިއާ އަށް މިކަންތައްތައް ދިމާވީ ކޮން އިރަކުކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ކްލައުޑިއާ ވަނީ ޓްރަމްޕް އަށް އޭނާ ކަމުދިޔަކަން އެނގޭ ކަމަށާއި، ޓްރަމްޕްއަކީ ބޭވަފާތެރިއެއްކަން ވެސް އެނގޭ ކަމަށް ބުނެފައެވެ.
ޓްރަމްޕް އަށް މިފަދަ އެތައް ތުހުމަތެެއް ކުރެވުނު ނަމަވެސް ފިޔަވަޅެއް ނޭޅެއެވެ.
ދޮގު. ލާރި ބޭނުންވެގެން. ޓްރަމްޕް ތިޔެއް ނުގަންނާނެ. ބާ ދަނގަޑަށް ކިރާލާ.. މިހާރު ދެން ކޮންމެ މީހަކުވެސް މަޝްހޫރުވާންވީމާ މުއްސަންތި މީހަކު ގަޔަށް އަރަން އުޅުނީއޭ ބުނީމާ ނިމުނީ،، މާ މޮޅު ގޮތެއް.. ޤާނޫނަކުން މިކަން ރާއްޖޭގައި ހުއްޓުވަން ޖެހޭ.
މީހަކު ބޮސް ނުދޭގޮތަކަށް ނޫންދޯ މީހާ ތިޔަ ހުންނަނީ. މަށަށްވެސް ވަރަށް ކަމުދޭ