އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައި، އެންމެ ފަހުން ބަޣާވާތަކަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދީފިއެވެ.

ޓްރަމްޕް ބަޣާވާތެއް ކުރަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ދެންމެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ދީފައެވެ. ޕޮމްޕިއޯ ވަނީ ހުރިހާ ވޯޓެއް ގުނައި ނިމުމަށް ފަހު ދެން ވެސް ވެރިކަން ހަވާލު ކުރާނީ ޓްރަމްޕް އާއި ކަމަށް ވިދާޅުވެފައެވެ.

ޕޮމްޕިއޯ އަކީ މިހާރު އެމެރިކާގެ އެންމެ މުހިއްމު ވަޒީރެވެ. އޭނާ އަކީ 2016 ވަނަ އަހަރު ޓްރަމްޕް ވެރިކަމަށް ކުރިމަތިލި ހިސާބުން ފެށިގެން ޓްރަމްޕްގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އޭނާ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަން ކުރީ 2018 ވަނަ އަހަރު އެވެ.

"ވޯޓްތައް ގުނައި ނިމުމުން ދެން އޮންނާނީ އިލެކްޓާސް ހޮވުން. ޤާނޫނު އަސާސީގައި އޮތް އެއްޗެއް ވަރަށް ސާފު." ޕޮމްޕިއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ދެވަނަ ފަހަރަށް ޓްރަމްޕް އާއި ވެރިކަމުގެ ބާރުތައް އަނެއްކާވެސް ހަވާލުވެގެން ދާނީ ވަރަށް އަމާންކަމާއި އޮމާންކަމާއި އެކުގައި" ކަމަށެވެ.

ޕޮމްޕިއޯ ވިދާޅުވީ އެމެރިކާގައި ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ދާނެ ގޮތާއި މެދު ދުނިޔޭގެ ގައުމުތަކަށް ފުރިހަމަ އިތުބާރު އޮންނާނެއެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވެސް މިއަދު ވަނީ އިންތިޚާބުގެ ކަންކަން އޮޅުވާލި ކަމަށް ކުރެވޭ ތުހުމަތުތައް ތަޙްޤީޤު ކުރަން ޖަސްޓިސް ޑިޕާޓްމަންޓަށް އަންގާފައެވެ.

ޓްރަމްޕް ވައިޓް ހައުސް އިން ނިކުންނަން ދެކޮޅު ހަދާފާނެ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ޓްރަމްޕް ވައިޓް ހައުސް އިން ނެރޭނެ ކަމަށް އިންތިޚާބު ކާމިޔާބު ކޮށްފައިވާ ޖޯ ބައިޑެންގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.

އެމެރިކާގެ ތާރީޚްގައި އަދި މިހާތަނަށް އެންމެ ފަހަރަކު ވެސް ބަޣާވާތަކުން ވެރިކަން ބަދަލު ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު ރިޔާސީ އިންތިޚާބުން ބަލިވި އެއްވެސް ކެންޑިޑޭޓަކު އަދި މިހާތަނަށް ވައިޓް ހައުސް އިން ނިކުންނަން ދެކޮޅު ހަދާފައެއް ނުވެއެވެ.

1789 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ރައީސަކު ހޮވަމުން އަންނަނީ ރިޔާސީ އިންތިޚާބެއް ބާއްވައިގެންނެވެ. ކޮންމެ ބޭފުޅަކަށް ވެސް ހަތަރު އަހަރުގެ ދެދަައުރު ލިބިވަޑައިގަންނަވާއިރު އަދި މިހާތަނަށް ވެރިކަމުގައި ހުންނަވާ އިންތިޚާބުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ނުކުރެވުނީ އެންމެ 10 ބޭފުޅުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަލްޖިބްރާ

    މިހާރު އޮތް ހާލަތުގައިވެސް ނޯވެ އެމެރިކާ ހަލާކުގެ ތެރެއަށް ވެއްޓެނީ !

    58
    1
  2. މަޑި

    ސޮލީބީން ހޭބަލިވަނީތާ ދެއްތޯ

    57
    2
  3. Anonymous

    މީނަމީ ދުނިޔޭގަ ހުރި އެންމެ ގަދަމީހާކަމަށް ހެދިގެން އުޅޭ ކޮސްމީހެ އް، މިކަހަލަމީހެ އް މިގަ އުމުގަ ވެސް ހުރޭ، ބޮޑާކަމާ ކިބުރުވެރިކަމުން އިންތިހާ އަށް ގޮސްހުންނަނީ.

    65
    1
  4. ކިނބޫ

    ބަޣާވާތަކަށް ތައްޔާރުވަނީއޭ! ޓްރަމްޕް އަކީ ކެރަފާ އާއިލާ މީހެއްތަ؟

    107
    5
    • ޜާޒުވާ

      ޥަ އްތަރު ދޯ

      56
    • އަބްދުއްލަޠީފު

      އާ! މީނަމީ ޔޫއެސްއޭ ބުއްޅަބޭ. ބުއްޅަބޭ ބޯ ބާލާފަ ހުއްޓާވެސް ފެނިގެން ދިޔަ. ބުއްޅަބޭ ވީމަ މިހެންވެސް ވާނެ.

  5. ޅިޔަނު

    ރާއްޖޭގަ އެބަތިބި ބަޤާވާތް ކުރަން ވަރަށް މޮޅު މީހުން.. އެމީހުން ތިބީ ޕީޕީއެމް ކިޔާ ޕާޓީގަ.. ފޯމިއުލާރ އޮތީވެސް އެމީހުން އަތުގަޔޯ..
    ފޯމިއުލާރ ބޭނުން ނަމަ ލަޔާލް އަަށް ގުޅަން ޖެހޭނީ..
    މިވަގުތު ސިޔާސީ ހަރަކާތްތަކާއި ދުރުގަ ލަޔާލް އުޅުއްވި އެއްކަމަކު ފޯމިއުލާރ ލަޔާލް އަށް އެގޭކަމަށް ވަނީ

    26
    98
  6. Anonymous

    ބައިޑެން ވޯޓުން ވައްކަން ކޮއްގެން ހޮވުނީ

    9
    73
  7. ސިއްޕޭ

    އިންތިހާބުގެ ރަސްމީ ނަތީޖާ އަކީ ސީއެންއެން އާއި ވަގުތު ނޫހުން އިއުލާން ކުރާ އެއްޗެއް ނޫން...

    23
    33
  8. މޫސާ

    ތިޔައީ ހަމަރައީސް ނަސީދު

    80
    6
  9. ދަންބެރު

    ދުނިޔޭން ވެރިކަމާ ހެދި ބޯގޯސްވެފަ ތިބި ދެމީހުންވަނީ ފާޅުވެފަ އެއީ ޓުރަމްޕާއި މިރާއްޖޭގަ 3 އަހަރު ވެރިކަންކޮށްފަ ހުރި މީހެއް ކަމުގައިވާ އެލެކުސް ކިޔާމީހެއް .

    90
    5
  10. އަނގަ ފިނދު ސަރުކާރު

    ޓްރަމްޕް ރާޖޭގެ ކޯޓު ހުޅުޖެހި ކުދިން ކޮޅަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އްވި އަދި ޙާ އްސަ ކޮށް މޑޕ ގެ ރަ އީސް ކެނެރީގޭ ނަޝީދު އަށް ވަރަށް ޙާ އްސަ ޝުކުރު ދެންނެވި.

    63
    6
    • ޜާޒުވާ

      ކެނެރީގޭ ނަޝީދު ކަ އިރިން ދަރިވަރުވީ ދޯ ތަންތާ ހުޅުޖަހަން

      53
      5
  11. ރަދީފް ހުސެން

    މި ފަހުން ޕޮންޕެ އާ ރާ އްޖެ އަ އީ ބަގާވާތް އިންތިޒާމް ކުރުމައް އެކަމުގެ މައުލޫމާތު ހޯދަންކަމައް ބެލެވެ. މިވަގުތު ރާއްޖޭގެ ސަރުކާރުގަ ތިބީ ތިކަމުގެ އެންމެ ފުއްނާބު އުސްމީހުން.. އެއީ ރާއްޖޭގެ ތާރީހުވެސް ހެކިވާކަމެއް

    59
    3
  12. ވަހުތާނު އަހުމަދު

    ކަމަކާޖެހުނީމާދެ އްތޯ އެބަ އެ އްގެހުންނަ ނުކުޅެދުންތެރިކަންމި އެނގެނީ ؟ މިފަހަރުގެ އިންތިޚާބަށްފަހު މަބޮޑޭމެންގެފެންވަރުވެސް އެނގި އްޖެ!! ކޮވިޑަށްފަހު އެމެރިކާގެ. ސި އްހީނިޒާމުގެހުރި ދޯހަޅިކަންވެސް އެނގިގެންހިނގަ އްޖެ!! ތިންވަނަދުނިޔޭގެ
    ގަ އުމެކޭތަފާތެ އްނެތް!!

    43
    1
  13. Anonymous

    ޓްރަމްޕަށްހީވާނެ ވޯޓުންވަ އްކަން ކުރީކަމަށް. 2016ގަ ރަސިޢާގެ އެހީގަ އި ވޯޓުން ވަ އްކަން ކޮށް ގެން ކުރި ހޯދި ކަމަށް އެ އިރު ވާހަކަ ދެކެވުނު ދޮ އްތަ . ހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ އެހެން މީހުންވެސް ކެޔޮގަނޑު ކަނޑާނެޔޭ އެ

    37
  14. Anonymous

    ޑިމޮކްރެސީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައި، އެންމެ ފަހުން ބަޣާވާތަކަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދީފިއެވެ.
    -----------------------------------
    ޑިމޮކްރެސީގެ ބައްޕަ އެމެރިކާއިން މިއަދު ފެއްނަމުން އެދަނީ
    އެބައި މީހުންގެ ހަޤީޤީ ޑިމޮކްރެސީ އެވެ.
    އެއްބަޔަކު ވެރިކަން ދިފާޢު ކުރުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ. ޒާތީ ކަންކަމާއި ބެހެނީއެވެ ހަތިޔާރު އުފަލަނީއެވެ.
    އަނެއްބަޔަކު ވެރިކަމަށް އައުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ.
    މިހެންވީމަ އަހަރުމެން މިބުނަނީ ޑިމޮކްރެސީއޭ މިކިޔާ ނިޒާމަކީ މީ މީސަތަކުން ބައިބާ ކުރާނިޒާމެކެވެ. މީސްތަކުންގެ ހިތްތަށް ފަސާދަކުރާ ނިޒާމެކެވެ.
    އެއްބަޔަކު އަނެއްބައެގެ މައްޗަށް ހަސަދަވެރި ކަމާއި ރުޅިވެރިކަން ގެނުވާ ނީޒާމެކެވެ.
    އެބައިމީހުން ގެނެސްފައި އެވާ ޑިމޮކްރެސީއަކީ އެބައިމީހުން އެއަށް ޢަމަލުކުރާ އެއްޗެއްނޫނެވެ.
    އެހެނަސް އެމީހުންގެ ގާތުގައި އެހެންމީހުން ކޮންމެހެންވެސް އެއަށް ޢަމަލު ކުރަންޖެހެ ޏިޒާމެކެވެ.

    35
    • އަލިބެ

      ކަލޭ ކޮމެންޓުގަ ކޮން މަޒުމޫނެއް ލިޔާކަށް. ދެން ކޮބަޔޯ ކަލޭގެ ބަހުން ޑިމޮކްރަސީ އަކީ؟

      4
      8
  15. އަކްނީން

    ސީދާ ޕީޕީއެމް ފިކުރުގެ ބައިގަނޑެއް އެމެރިކާ ވެރިކަމުގައި އެތިބީ

    4
    20
  16. ޔާީނުވީފާތުމާ

    ތިފާޑައް އުޅނު މިރާއްޖޭގެ ކަންކުރި
    ޔާމީނު ކިޔާ މީހެއް

    6
    22
  17. އައިސް

    ޕޮމްޕެ އައިސް އެ ދިޔައީ އެލެކްސް އަތުން ފޯމިއުލަރ ހިފައިގެން..

    24
    1
    • ބުޅާވަތީ

      ޙަމަ ސަހާދެއް

      10
  18. ސްޕައިޑާ

    ވެރިކަން ވެެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ އިންތިހާބް ބޯމަތީއޮއްވަ ޕޮންޕޭ ރާއްޖެ ޒިޔާރަތް ކުރުން. މެލޭޝިޔާ، ޕާކިސްތާންގެ ވެރިން ރާއްޖެ އައިސް ޤައުމަށް ނުދެވި އުޅެނިކޮށް ވެރިކަން ވެއްޓިގެން އެދިޔައީ..

    17
  19. ބައިދަވޭ

    ތީހަމަ އަންނި

    17
    2