އެމެރިކާ އަސްކަރީ ވުޒާރާ ޕެންޓަގަންގެ ވެރިންތަކެއް މަގާމުން ދުރުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަފާތެރ ބޭފުޅުންތަކެއް އެމަގާމުތަކަށް އައްޔަން ކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދަމުން ގެންދާ ޓްރަމްޕް ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަގާމުން ދުރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ވަނީ ޕެންޓަގަންގެ އިތުރު ގިނަ މަގާމުތަކަކަށް ބަދަލުތައް ގެނެސްފައެވެ.

ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އަސްކަރީ އަދި މަދަނީ ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ހިމެނޭ ހަތަރު ބޭފުޅަކު ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެތެރޭގައި ޑިފެންސް ސެކްރެޓަރީގެ ޗީފް އޮފް ސްޓާފް އާއި އިންޓެލިޖެންސްގެ އިސް ވެރިންތަކަކާއި ޕޮލިސީ އެންޑް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔާ ވެސް ހިމެނެއެވެ.

ޓްރަމްޕްގެ ވަފާތެރިއެއްގެ ގޮތުގައި ޕެންޓަގަންގެ އިސް މަގާމަކަށް އިއްޔެ އައްޔަން ކުރެއްވި އެއް ބޭފުޅަކީ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އެންޓަނީ ޓާޓާއެވެ. އެންތަނީ އަކީ ވަރަށް ބޮޑަށް ކޮންސްޕިރަސީ ތިއަރީތައް ގަބޫލު ކުރާ ބޭފުޅެއް ކަމަށް ވެއެވެ. އަދި އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވާ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވެއެވެ. އޭނާ އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ އަންޑާ ސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީގެ މަގާމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުތައް ނިމި ވެރިކަން ބަދަލުވުމާއި ދޭތެރޭ އޮންނަ މުއްދަތުގައި ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތައް ގެނައުން އެއީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ. އެމެރިކާގެ އަސްކަރީ ވެރިންގެ މަގާމަށް ޓްރަމްޕް ބަދަލު ގެންނަމުން ދާއިރު ޓްރަމްޕް ވެރިކަން ދޫކޮށްލުމަށް ދެކޮޅު ހަދައި ބޮޑު ހަމަނުޖެހުންތަކެއް އެމެރިކާގައި ހިނގާފާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރެއްވުން އޮންނާނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    ރާއްޖޭގަވެއްޖިއްޔާ ޔާމީނު ދޯ ؟؟ ތިޔައިންތިޚާބުގެތަބުގީގަށްބޭނުންވާ މައުލޫމާތުތަ ކަ ކަށްވާންވާނީ
    1. ވޯޓު ކަރުދާސް ޗާޕު ކުރުވީ ދިވެހިރާއްޖޭގެ ބު ކުޝޮޕަ ކުންތޯ ؟
    2. ވޯޓުލީމަރު ކަޒުތަ ކުގަބޭނުން ކުރީ ޝަރީފުގެއޯޑަރަށްގެންދިޔަގަލަންތޯ ؟
    3. ވޯޓުގުނިމީހުންގެއިނގިލީގަ އަނގޮޓިއެއްއޮތްތޯ ؟
    4. ވޯޓުގުނިތަނުގަބޭނުން ކުރިސިސްޓަމުގަހުރީ ޗައިނާ ރަޝިޔާ އީރާނުގެ ސޮފްޓުވެއާއެއްތޯ ؟
    5. ވޯޓުލީއިރުއާއި ވޯޓުގުނިއިރު ޓުރަމްޕުގެފަރާތުން ބަލަންތިބިމީހުން އެވަގުތުތަ ކުގަތިބީ ހަމަހޭގަތޯ
    6. ޓުރަމްޕުވެރި ކަމަށްހޮވުނީ ހަމައަސްލުގަވެސް މަ ކަރުނަހަދާތޯ ؟

    9
    7
    • ކާފަރު

      ކަލޭ ރަނގަޅަށް ދިވެހި ލިޔަން ދަސްކޮށް ބަލަ.

      12
  2. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ސުބުޙާނަﷲ ތިކަލޭގެ ގެންދަންވީ ގުރާދުވަކަށް ނުން ފުރަތަމަ؟ ނޫނީ ގުރާދޫ ގެންދަންވީ އެމެރިކާ އަކަށްނުން ދޯ ފުރަތަމަ ތިކަލޭގެ ލާން؟ މިއޮތީ ބޮޑުތާ ޖެހިފައި. ވެރިކަމުގެ ޝާނާއި ޝައުކަތުފެނި ކަަރުބުޑުގައި ރަނގަޅަށް ރަހަލާފައި. ތިޔަށް ދޯ މައުމޫނުބެއްޔާ އެބުނާ " ދިމާކުރާތީ ނިޒާމޭ" އެކިޔަނީ؟ މިފަހަރު 3ވަނަ ބޮޑުހަނގުރާމަ ފައްޓާފަނޫނީ ތިކަލޭގެ ހުއްޓައެއްނުލާނެ. ހިގާކުޅިބަލަން ތިބެމާ މަޑުން ޖެނުއަރީ 20 އަންނަންދެން.

    12
    1
  3. ވަގުން

    ޑިމޮކްރެޓިކް ޕާޓީއިން އިންތިހާބު ވަގަށް ނަގައިފި.