ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރު ކުރި، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން ކޮވިޝީލްޑް ވެކްސިން ޖެހި އިންޑިއާގެ ގުގައުން ސިޓީއަށް ނިސްބަތްވާ ސިއްހީ ހިދުމަތްތެރިއެއް މަރުވެއްޖެ އެވެ.
އުމުރުން 56 އަހަރުގެ އެ އަންހެން މީހާއަކީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހު ކޮވިޝީލްޑް ވެކްސިން ޖެހި މީހެއް ކަމަށް އެންޑީޓީވީން ބުނެފައި ވެއެވެ. އެ ނޫހުން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ މަރުވީ ކިހިނެއް ވެގެން ކަން އަދި އެނގިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް ފޮނުވާލާފައެވެ.
އެ އަންހެން މީހާގެ އާއިލާއިން ބުނީ، މިއަދު ހެނދުނު އޭނާ ހޭލާފައި ނުވާ ކަމަށެވެ. އަދި މެޑެންޓާ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައި ވެއެވެ.
އަދި އޭނާ ވެކްސިން ޖެހިއިރުވެސް، އެއްވެސް ކަހަލަ އުނދަގުލެއް ވެގެން ނޫޅޭ ކަމަށް ބުނެފައި ވެއެވެ.
"ޕޯސްޓް މޯޓަމް ރިޕޯޓަށް ފަހު އަހަރުމެންނަށް އިނގޭނީ އޭނާ މަރުވީ ކިހިނެއް ވެގެންކަން، އެހެންކަމުން އޭނާ މަރުވީ ވެކްސިން ޖަހައިގެންނެކޭ އަދި ނުބުނެވޭނެ". ގުގައުންގެ ޗީފް މެޑިކަލް އޮފިސަރ ޑރ. ވިރެންދްރާ ޔަދަވް ބުނެފައި ވެއެވެ.
އިންޑިއާއިން ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުއެވެ.
އިންޑިއާގައި ވެކްސިން ޖެހި ބައެއް މީހުން މަރުވެފައި ވެއެވެ. އެހެން ނަމަވެސް މި މަރުތަކަކަކީ ވެކްސިންއާ ގުޅިގެން މަރުވި ބައެއް ނޫން ކަމަށް ވެއެވެ.
އިންޑިއާގެ ކޮވިޝިލްޑް ވެކްސިން އަށް އަހަރެން އިތުބާރެއް ނުކުރަން. ކޮވިޑް19 އާއި ގުޅިގެން އުފެއްދި ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ރިސްކުވަރަށް ހައި.
ތާއީދުކުރަން .. ޗައިނާއަށްވުރެކުރިން ދިވެހިރާއްޖެއަށް ވެކްސިންދޭންވެގެން އުނދުންމަތިންބޭލިގޮތަށް ހިހޫކުރަންވާވަރާގާތަށްވެސް ހިހޫނުކޮށް އެ ފޮނުވީ .. އެހެންވެގެންނޭ މޯދީބެއަށް އެޖަހަންނުކެރިގެންއެއުޅެނީ!! އަދިކުޑަކޮށްވިސްނާލުންބުއްދިވެރި!!
އަހުންނަހެޔޮ ތިޔާއެއްޗެ އަހުންގަޔަށް ނުޖަހާނަން. ތިޔާއެއްޗެ ރއިބުރާހިމާ ކޯލިޝަން ސަރުކާރުގެ ހަތަރު ޑީލަރުންނާ މޑޕ މެމްބަރުންނާ އިންޑިޔާ ސަ ފީރު ސަންޖޭ މުނީރުގަޔަށްޖަހާ..