ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އެކި ގައުމުތަކުގައި ޖަހަމުންދާ ވެކްސިން، ޖެހި އުމުރުން 92 އަހަރުގެ އަންހެނަކު އިނގިރޭސިވިލާތުގައި މަރުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޭރީ ގްރީން ނަމަކަށް ކިޔާ އެ މީހާ މަރުވެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ފަސް ދުވަސް ފަހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ނިންމައި އޭނާ ވަނީ ބަލިން ސަލާމަތްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އާއިލާ ކައިރީގައި ބުނެފައެވެ.
އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެ އަންހެން މީހާގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އޭނާ ބޭސް ފަރުވާ ހޯދަމުން އަންނަ ގޭގައި ހުރެގެންނެވެ. ކޮވިޑް-19 ޖެހިގެން ބަލިވުމުން ޑޮކްޓަރުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދަން އުނދަގޫވާނެ ކަމަށެވެ.
ސައިންސްވެރިން ބުނެފައިވަނީ ވެކްސިންގެ އަސަރު ކުރަން ފަށަނީ އެ ވެކްސިނެއް ޖަހާތާ ދެ ވަރަކަށް ހަފްތާ ފަހުން ކަމަށެވެ. އަދި މޭރީގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ ތަންކޮޅެއް ލަހުން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
ވެކްސިން ޖަހައިގެން މޭރީ މަރުވެފައިވާއިރު، މީޑިއާތަކުން އޭނާގެ ގަޔަށް ޖަހާފައިވަނީ އެއީ ކޮން ބައެއްގެ ވެކްސިނެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.
ވެކްސިންއަކީ ސައިޑް އެފެކްޓް ހުންނަ އެއްޗެއްކަމަށް އަބަދުވެސް ސިއްހީ މާހިރުން ބުނަމުން ދެއެވެ. އެގޮތުން ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުން ފަދަ ކަންކަަމަކީ ވެކްސިންގެ ސަބަބުން ދިމާވާ ކަންކަމެވެ. އަދި މިއީ ވެކްސިންގެ ސަބަބުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމުގެ ނިޝާންތައް ކަމަށް ބުނެފައި ވެއެވެ.
ވެކްސިނުގެ އަސަރު ކުރަނީ 2 ހަފްތާ ފަހުން
ވެކްސިން ނުޖަހާތިބޭ މީހުން މަރުނުވާ ކަހަލަ!
އަޖައިބު ހައިރާންވާވަރުކަމެއް، 100 ބައްޔަށް 100 އިންޖެކްޝަންޖެހިޔަސް މަރުވާނެ، ކޮވިޑް 19 އަށް ތައްޔާރުކުރި ވެކްސިނަކީ ކޮވިޑް ޖެހޭމީހުން މަރުނުވާގޮތައް ތައްޔާރު ކުރެވިފައިވާ އިންޖެކްޝަނެއްކަމެއް އެއްވެސް ސައިންޓިސްޓަކު ހާމަކުރިކަމެއް އެނގޭކަށް ނެތް، ކޮވިޑް ވެކްސިން ޖަހައި ބަލިން ރަނޣަޅުވެފައި ތިބި މީހުންވެސް މަރުވާނެ ، އެއީ އެންމެ ގެރެންޓީއާއެކު ވާނެކަންތައް،