އިންޑިއާގެ މަހަރަޝްތްރާ ސްޓޭޓްގައި 12 ކުއްޖަކަށް ޕޯލިއޯ ވެކްސިން ޑްރޮޕްގެ ބަދަލުގައި ހޭންޑް ސެނެޓައިޒާ ދީފިއެެވެ.
މިކަން ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ޔަވަޓްމަލްގައި ހުންނަ ޕްރައިމަރީ ހެލްތް ސެންޓަރުގައެވެ.
މިކަން އާއްމުކޮށް ސަމާލުކަމަށް އައިސްފައިވަނީ، އެ ކުދިންނަށް އުނދަގޫތަކެއްވެ، ހޮޑުލާން ފެށުމުން ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފައި ވެއެވެ.
މިހާރު އެ ހުރިހާ ކުދިން ވަނީ ޑިސްޓްރިކްޓް ގަވަމެންޓް މެޑިކަލް ކޮލެޖްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ. އަދި މިހާރު އެ ކުދިންގެ ހާލު ރަނގަޅު ކަމަށްވެއެވެ.
މިހާދިސާ ހިނގި ވަގުތު ތިބި ސިއްހީ ތިން ހިދުމަތްތެރިކަމާއި، ޑޮކްޓަރެއްގެ މައްސަލަ ބަލަން ވަނީ ނިންމާފައެވެ،
މިދިޔަ އާދީތައް ދުވަހު އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ ޕޯލިއާ ވެކްސިނޭޝަން ޕްރޮގްރާމެެއް ފަށާފައެވެ. މި ކަން ހިނގާފައި ވަނީ ޕޯލިއޯ ވެކްސިން ޖެހުމަށް 2000 އެއްހާ ކުޑަ ކުދިން އެއްވެފައި ތިބި ގަޑިއެއްގައި ކަމަަށް ވެއެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 1-5 އަހަރާއި ދެމެދު ކުދިންނެވެ.