ކޮވިޑް-19 އެންމެ ފުރަތަމަ ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާން ގައި ފެތުރެން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ކުރީގެ ޑިރެކްޓަރ ރޮބާޓް ރެޑްފީލްޑް ބުނެފިއެވެ.

އެގައުމުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރޮބާޓް ބުނެފައިވަނީ އެއީ އޭނާގެ ހިޔާލު ކަމަށާއި ބަލި ފެތުރެން ފަށާފައިވަނީ އެ ތާރީހުގައި ކަމަށް ބެލެވޭ ކަމަށެވެ.

އޭނާއަކީ މިވަގުތު ހިޔާލު ހުށަހެޅޭނެ މީހެއް ނޫން ކަމަށާއި އެހެން ނަމަވެސް ވައިރަސް ފެތުރެން ފަށާފައިވަނީ މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނި ގޮތަށް ޗައިނާގެ ލެބަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޗައިނާގެ ލެބަކުން ފެތުރެން ފެށި ވައިރަސް އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނި ނަމަވެސް އެކަމަށް ބާރު ލިބޭ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް މީޑީއާތަކުން ވަނީ ބުނެފައެވެ.

"އަޅުގަނޑު ބުނާނީ ވޫހާން ގައި ބަލި ފެތުރެން ފަށާފައިވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް" ރޮބާޓް ބުންޏެވެ.

މީގެ އިތުރުން ބަލި އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ ވާލުގެ ޒަރިއްޔާއިން ކަމަށް ބުނާ ބުނުމަކީ އެއީ ސިކުނޑި ހަމަ ޖެހޭ ވާހަކައެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ވާލެއްގެ ސަބަބުން ބަލި ފެތުރޭނަމަ މިހާރު ފެތުރޭ ވަރަށް ވުރެ ހަލުވި ކަމާއި އެކީ ބަލި ފެތުރޭނެ ކަމަށެވެ.

ބަލި އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު ކަމަށް ރޮބާޓް ބުނެފައިވީ ނަމަވެސް ކަމުގެ މާހިރުން ބުނާ ގޮތުގައި ބަލި އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބިލީސް

    ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ޗައިނާގެ ލެބަކުންނޭ ބުނި އަޑެއް އަހަންނެތް ނާހަން. އެމެރިކާއި އެމެރިކާގެ އައިވާނުން އެހެން ކިޔާ އުޅުނީ

  2. އަންނި

    ސާބަހޭ.