އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށައިފިއެވެ.
ވަޖްޕާއީއަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި، ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ.
އުމުރުފުޅުން މިހާރު 93 އަހަރުގެ ވަޖްޕާއީ، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް ގައި އެޑްމިޓުކުރީ، ސިއްހީ ހާލުކޮޅު ވަރަށް ގޯސްވުމުން ކަމަށް އިންޑިއާގެ މީޑިއާތަށް ބުނެއެވެ.
ވަޖްޕާއީގެ ހާލުކޮޅު ބައްލަވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހޮސްޕިޓަލަށް ވަޑައިގެން ވަޖްޕާއީ އާއެކު 50 މިނެޓް ހޭދަކޮށްފައެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީ އާލާސްކަންފުޅާ އުޅުއްވާތާ ދިނަ ދުވަސްތަކެއް ވެއްޖެއެވެ. އެހެންވެ، އާންމުންގެ ތެރެއަށް ނުކުމެވަޑައި ނުގަންނަވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ވަޖުޕާއީ އަވަހާރަވެއްޖެ ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. ނަމަވެސް، ވާޖުޕާއީ އަވަހާރަ ނުވާކަމަށާއި ދުނިޔޭގައި އެބަ ހުންނެވި ކަމަށް "އިންޑިއާ ޓުޑޭ" އިން ބުނެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ވަޖްޕާޔީއަށް 1994 ވަނަ އަހަރު ލިބިވަޑައިގެންނެވި އިރު، އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގަތެވެ.
ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައެވެ. އެއީ 1996 ވަނަ އަހަރު އެއް މަސް ދުވަހުގެ މުއްދަތަށް، އަދި 1998 ވަނަ އަހަރުން 2004 ވަނަ އަހަރަށް ބޮޑުވަޒީރުކަމުގެ ދެ ދައުރެވެ.