ކޮވިޑް-19ގެ އެންމެ ނުރައްކާ ބޮޑު އެއް ގައުމެއްގެ ގޮތުގައި މިހާރު އޮތީ އިންޑިއާއެވެ. އެގައުމުގައި ބަލި ފެތުރޭ މިންވަރާއި ބަލާއިރު، ފަރުވާ ދެވޭ މިންވަރު ވަނީ ދަށްވެފައެވެ. ހޮސްޕިޓަލްތައް ފުރި، ބޭރުގައި މީހުން ސަލާން ޖަހާ ހިސާބަތް އެގައުމުގެ ހާލަތު ވަނީ ގޮސްފައެވެ.
އެގައުމުގައި އޮކްސިޖެން ލިބުމުގެ ދަތިތަކެއް ހުރި ނަމަވެސް، ބައެއް ފަރާތްތަކުން އަންނަނީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ފޮނުވާ އޮކްސިޖެންތައް ފޭރެމުންނެވެ.
އެގައުމުގެ ބައެއް ފަރާތްތަކުން ސަލާން ޖަހަމުން އަންނަ މަންޒަރު ފެންނަ ވީޑީއޯތަކެއް މިހާރު މީސްމީޑީއާގައި ދައުރުވަމުން އަންނައިރު، އެފަދަ ފަރާތްތަކަށް ކަމާއި ބެހޭ އިދާރާތަކުގެ ފަރާތްތަކުން އަޅާނުލާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
އެގޮތަށް މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ފިރިހެނަކު އޭނާގެ އަންހެނުން ސަލާމަތް ކުރުމަށް ސަލާން ޖަހަމުން އަންނަ މަންޒަރެވެ.
އޭނާ ބުނެފައިވަނީ އުމުރުން 30 އަހަރުެފައިވާ އޭނާގެ އަންހެނުން ކޮވިޑަށް ފައްސިވެގެން ބަލި ހާލަތު ދަށްވާތީ ތިން ހޮސްޕިޓަލަށް އެޑްމިޓް ކުރަން ސައިކަލުގައި ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އެޑްމިޓް ކުރެވޭނެ ހުއްދަ ނުދޭ ކަމަށް އޭނާ ވަނީ ކަރުނައަޅާ ހާލުގައި ކިޔާދީފައެވެ.
"ތައްޔާރަށް މީނީ އެމީހުންގެ ފައިތިލަ ދަށަށް އާދޭސް ކުރަން ވެއްޓެން ވެސް. އެހެން ނަމަވެސް އެމީހުން ބުނަނީ އެނދެއް ނެތް ކަމަށް. އަޅުގަނޑު ފަރުވާ ހޯދަން ޖެހެނީ ބިންމަތީގަތަ؟ ކިހިނެތް އޭނާ މަރުވާން ދޫކުރެވޭނީ. އަޅުގަނޑުގެ އަންހެނުން މަރުވާނެ. ހެޔޮނުވާނެ އެނދުމަތި ކޮށްދީ" ހޮސްޕިޓަލެއްގެ ބޭރުގައި ހުރެގެން އެންޑީޓީވީ އަށް އޭނާ މައުލޫމާތު ބުންޏެވެ.
އެގައުމުގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ބަލި މީހުން ބޭރުގައި އާދޭސް ކުރަމުން އަންނައިރު، ބައެއް އެނދުތަކުގައި 2-3 މީހުން ބާއްވައިގެން ވެސް އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮބޭ އެ މޯޑީ ބޭ އަޅޭފަހެ ޝާޑުވެސް ގޮއްސަ އެޢައީ އެވަރުގެ ކޮވިޑް އުޅޭނަމަ ޝާޑް ދާނެތަ ސަރުކާރު ބޮޑުން ހަމަ ހެވިފަ
ޢިބޫ އިންޑިއާއަށް ރާޖެއިން އުފައްދާ ވެންޓިލޭޓަރާއި އޮކްސިޖަން ކޮޅެއްފޮނުވާދީބަލާ
އަދިވެސް ރާއްޖެއަށް މާހެޔޮއެދެއޭކިޔައިގެން ސިފައިން ފޮނުވާތި، އަމިއްލަ ޤައުމަމެދު ވިސްނުން މުހިންމު