އިންޑިއާގެ އައްސާމް ސްޓޭޓަށް 6.2 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުން ރިޕޯޓު ކޮށްފައިވަނީ ހެނދުނު 7:33 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަ ޔުނައިޓެޑް ސްޓޭޓްސް ގިއޮލޮޖިކަލް ސާވޭ އިން ބުނީ، މި ބިންހެލުން އައިސްފައިވަނީ 34 ކިލޯމީޓަރު އަޑިއަށް ކަމަށެވެ. ޔޫރަޕިއަން މެޑިޓާރަނިއަން ސެސްމޮލޮޖިކަލް ސެންޓަރުން ވަނީ އެ ބިންހެލުމުގެ ބާރުމިން 6.0 އަށް ބަދަލު ކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ބިންހެލުމުގައި ބައެއް އިމާރާތްތަކަށް ގެއްލުން ވެފައިވެއެވެ.
އައްސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ވިދާޅުވީ އެ ސްޓޭޓަށް އައިސްފައިވަނީ ބާރުގަދަ ބިންހެލުމެއް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ސަމާލުވެގެން ތިބުމަށެވެ. އެ ސަރަހައްދުގެ ރައްޔިތުން ރިޕޯޓު ކުރަމުން ދަނީ އިމާރާތްތަކުގެ ފާރުތަކުގައި ރެނދުލައިގެންނެވެ.
ބައެއް މީހުން ބިރުން މަގުމަތީގައި ތިބި ކަމަށްވެއެވެ.
ފުލުހުންގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި މިއީ ހަނދާން ހުންނަން ފެށި ފަހުން ކުރިމަތިވި އެންމެ ބޮޑު ބިންހެލުމެވެ. ފުރަތަމަ ވަރަށް ބޮޑަށް ލޮޅުން އެރި ކަމަށާއި ފަހުން އެރި އިރުގައި ލޮޅުން ކުޑަވި ކަމަށް އޭނާ ބުންޏެވެ.
އެއްވެސް މީހަކަށް އަނިޔާވި ހަބަރު އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް މީހަކަށް ލިބިފައިވާކަން އައްސާމް ސްޓޭޓުގެ ސިއްހީ އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އެޖެންސީއިން ދަނީ ބިންހެލުމުގައި ލިބިފައި ހުރި ގެއްލުން ބަލައި އެކަން ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ.
އަލިފާނުން އިންސާނާ އެންދުމަކީ ވަރަށް ބިރުވެރިކަމެއް. އަދިވެސް ހޭއަރާކަށް ނުވޭތަ. މޮޑީ.