ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއިލަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުން، މަރާލާފައި ވަނީ ޣައްޒާ ކައިރީގައި ހަރަކާތްތެރިވި އިސްރާއީލް ސިފައިންގެ ޖިޕަކަށް ހަމާސް އިން ދިން ހަމަލާއެއްގައި ޒަހަމްވި އިސްރާއީލްގެ ސިފައިންގެ މީހެކެވެ.
މީގެ ކުރިން ޣައްސާން ބްރިގޭޑްސް ބުނެފައިވާގޮތުން، އެ ޖިޕަށް ދިން ހަމަލާގައި ސިފައިންެގެ ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.
އިސްރާއިލްގެ މީޑިއާތަކުން ބުނެފައިވާގޮތުގައި، އެ ސިފައިންގެ މީހާ މަރާލާފައި ވަނީ، ހަމާސް އިން ދިން މިސައިލް ހަމާލާއެއް އެ ޖިޕަށް އަމާޒުވެ، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.
މިއީ މި ފަހުން ފަލަސްތީނާއި ހަމާސް ޖަމާއަތާ ދެމެދު ހަމަލާތައް ބަދަލު ކުރެވުނު ފަހުން، މަރާލި އިސްރާއީލްގެ ހަތް ވަނަ މީހާއެވެ. އޭގެތެރެއިން ތިން މީހުން މަރާލާފައި ވަނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވް އަށް ދިން ހަމަލާތަކެއްގައެވެ.
ބާކީ ތިބި ތިން މީހުން މަރާލާފައި ވަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައެވެ.
އަލްޙަމްދު ﷲ..
މުސްލިމުންގެ ހިތަށް ތިޔަކަމުން ފިނިކަމެއް ލިބިގެންދާނެއެވެ. ތިޔަކަމަކީ، ޔަހޫދީ އިޒްރޭލުގެ ހިތަށް ބިރުވެރިކަމެއް ވަންނާނެކަމެކެވެ.
لا الـه الا الـلـه . الـلـه اكـبـر . الـحـمـد لـلـه .