އެމެރިކާގެ އަަަލަސްކާ އަށް 6.1 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަަތުވެއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުން އައީ 58.2 ކިލޯމީޓަރު އަޑިން އެންޝޮރޭޖް މުނިސިޕަލްއާ 161 ކިލޯމީޓަރު ދެކުނުންނެވެ.
ޔޫއެސްޖީ އިން އެންމެ ފުރަތަމަ 6.0 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް ކަމަށް ބުނެ، ފަހުން ވަނީ ބާރުމިން ބަދަލުކޮށް 6.1 މެގްނިޓިއުޑް އަށް ބަދަލުކޮށްފައެވެ.
ބިންހެލުން އައީ އާދިއްތަ ދުވަހުގެ ރޭ 10:59 އެއްހާ އިރުއެވެ. ރޭ 12 ޖެހުމާއި ހަމަޔަށް ވެސް ސުނާމީގެ އިންޒާރި ދީފައި ނުވާ ކަމަށް ނޭޝަނަލް ސުނާމީ ވާނިންގް ސެންޓަރުން ރިޕޯޓު ކުރެއެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަލަސްކާ އާތްކުއޭކް ސެންޓަރުން ރިޕޯޓު ކޮށްފައިވާ ގޮތުން 2019 ވަނަ އަހަރުގެ މޭ މަހު އެ ސްޓޭޓަށް 3،990 ބިންހެލުން އައިސްފައިވެއެވެ. އެންމެ ބާރުގަދަ ބިންހެލުމަކަށް 6.1 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް ފާހަގަ ކޮށްފައިވެއެވެ.