ތަލަވުން ހުއްޓުވުމަށް ދާއިމީ ފަރުވާއެއް ހާވާޑްގެ ސައިންސްވެރިން ހޯދައިފިއެވެ.

ހާވާޑުގެ ސައިންސްވެރިން ބުނެފައިވަނީ ތަލަވުމަށް އޮތް ހައްލަކީ "ޖީއޭއެސް6" ނަމަކަށް ކިޔާ ޕްރޮޓީނެއް ކަމަށާއި އެ ޕްރޮޓީންގެ ސަބަބުން ބޮލުގެ އިސްތަށިތައް އަލުން ފަޅާނެ ކަމަށެވެ. މިއީ ވަގުތީ ހައްލެއް ނޫން ކަމަށާއި އެ ޕްރޮޓީންގެ ސަބަބުން އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ތަލަވުމުގެ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ވިސްނުން، ރުޅި ގަދަވުން އަދި އެންޒައިޓީ ފަދަ ކަންކަން ހިމެނޭ ކަމަށް އެސައިންސްވެރިން ވަނީ ބުނެފައެވެ. އަދި އެއީ ދެ ޖިންސުގެ މީހުންނަށް ވެސް ދިމާވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އެ ސަބަބުތަކާއި އެހެން ސަބަބުތަކާއި ގުޅިގެން އިސްތަށިގަނޑު ދިގުވުން ހުއްޓި ނުވަތަ ތަލަވާން ފަށާފައިވާނަމަ، އެ ޕްރޮޓީންގެ ސަބަބުން އިސްތަށި ފަޅައި އަލުން ދިގު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެފަރާތްތަކުން ބުނެފައިވަނީ އިސްތަޑިގަނޑު ދިގު ކުރުމަށް ސްޓެމް ސެލްތައް އެކަޓިވޭޓް ކުރުމަށް މުސްތަގުބަލުގައި އެ ޕްރޮޓީން ބޭނުން ކުރެވިދާނެ ކަމަށެވެ.

އިސްތަށި ފޭބުން ހުއްޓުވުމަށް މި ޕްރޮޓީން ހޯދައި އެކަން ސައިންސްވެރިން ވަނީ ތަހުލީލު ކޮށްފައެވެ. އެގޮތުން މީދަލަށް އެ ޕްރޮޓީން ދީގެން ހެދި ދިރާސާތަކުން ތިން ގުނައަށް ކެހެރި އޭގައި ފަޅާފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނެފައިވަނީ މިފަދަ ތަހުލީލެއް ކާމިޔާބު ކަމާއި އެކީ ދިޔަ ނަމަވެސް، އެކަންކަން އިތުރަށް ޔަގީންކޮށް އިންސާނުން އެ ޕްރޮޓީން ބޭނުން ކުރުމަށް ރައްކާތެރިތޯ ބެލުމަށް ހަދަން ޖެހޭ ވަރަށް ގިނަ ތަހުލީލުތައް އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިހާރު 14 އަހަރު ތިޔަ ފަތެއް ފައިބާތާ ، އަވަސް ހައްލެއް ބޭނުން.

    18