ގަރުނުގެ އެންމެ ދިގު ހަނދުކޭތަ މިމަހު 18 އަދި 19 ގައި ފެންނާނެ ކަމަށް ނާސާ އިން ބުނެފިއެވެ.

ނެޝަނަލް އެރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ލަފާކުރާ ގޮތުގައި 21 ވަނަ ގަރުނުގެ އެންމެ ދިގު ހަނދުކޭތަ ފެންނާނީ މަދު ހަފުތާތަކެއްގެ ތެރޭގައެވެ. މީގެ ކުރިން ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެނިފައިވާ ހުރިހާ ހަނދުކޭތަތަކެއްގެ ތެރެއިން، މިއީ އެންމެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކޭތައެއް ކަމަށް ނާސާ އިން ލަފާކުރެއެވެ.

ނާސާއިން ބުނާ ގޮތުގައި ހަނދުކޭތަ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ހުންނާނެއެވެ. ހަނދުކޭތަ ހިފާވަގުތު، ހަނދުގެ ސަތަހައިގެ ބޮޑު ބައެއް، ބިމުން ރަތް ކުލައިން ފެންނަން ހުންނާނެ ކަމަށާއި، އެއީ ބަލާލަން ރީތި މަންޒަރަކަށް ވެގެންދާނެ ކަމަށް ބުންޏެވެ.

21 ވަނަ ގަރުނުގެ އެންމެ ދިގު ހަނދުކޭތަ މިހާތަނަށް ހިފާފައި ވަނީ 2018 ވަނަ އަހަރު ތެރޭފައެވެ. އެ އަހަރު އެ ކޭތަ ހިފާފައިވަނީ ދުނިޔޭގެ ހިޔަނި، އެއް ގަޑިއިރާއި 43 މިނެޓަށްވުރެ ގިނައިރަށެވެ.

 

ބައެއް ފަހަރަށް ހަނދުކޭތައެއް ހިފާއިރު، ދުނިޔޭގެ ހިޔަނި އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަނދުގެ ތެރެއަށް ނުފޮރުވަ އެވެ. މިކަމުގެ ސަބަބުން ހަނދުގެ ސަތަހައިން އަލިކަމުގެ ޑްރެމެޓިކް ޝޯއެއް ދައްކުވައިދެއެވެ.

މި ގަރުނުގެ އެންމެ ބޮޑު ހަނދުކޭތަ ހިފާނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ. މި ކޭތަ އެންމެ ރީއްޗަށް ފެންނާނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އިރުމަތީ އޭޝިއާ، އޮސްޓްރޭލިއާ އަދި ޕެސިފިކް ސަރަހައްދަށެވެ. އެހެން ގޮތަކަށް ބުނާނަމަ އިރުކޭތަ ހިފާ ވަގުތު އިރުއުދަރެހުން މައްޗަށް ހަނދު ފެންނަ ހުރިހާ ސަރަހައްދަކަށް ވެސް ހަނދު ފެންނަން ހުންނާނެއެވެ.