އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް އިންޑިއާ އިން ކުރި ހަނގުރާމައާ މެދު އިންޑިއާގެ ފިލްމީތަރި ކަންގަނާ ރަނައުތު ގެ ހިޔާލުތަކާ އެކު އަނެއްކާވެސް މައްސަލަ ހޫނުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ސަމިޓެއްގައި ބުނެފައި ކަންގަނާ ވަނީ އިންޑިއާގެ މިނިވަންކަމަކީ 'ބީޚް (ހޭންޑްއައުޓް) އެއް ކަމަށެވެ. އޭރު އޭނާ ބުނަމުން ދިޔައީ 2014 ވަނަ އަހަރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވައިގެން ބީޖޭޕީ ސަރުކާރު ވެރިކަމަށް އައުމުން އެ ގައުމަށް ހަގީގީ މިނިވަންކަން ލިބުނު ކަމަށެވެ.

"ޕަންގާ" ގެ އެކްޓަރު ބުނީ ބުއްދިވެރިކަމާއެކު ހީރޯއިން އިޚްތިޔާރު ކުރުމަށް އެންމެންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދުވަސްވީ ނޫހެއްގެ އާޓިކަލެއް ޝެއާކޮށް ލިޔެފައި ވަނީ "ތިޔައީ ގާންދީގެ ފޭނެއް ނުވަތަ ނެތާޖީގެ ސަޕޯޓަރެއް. ދެމީހަކަށް ތާއީދު ނުވެވޭނެ، އިޚްތިޔާރުކޮށް ގޮތެއް ނިންމޭނެ." ކަންގަނާ ބުނެފައިވެއެވެ.

އެ ނޫހުގައި 1940 ގެ އަހަރުތަކުގެ ތެރޭގައި "ގާންދީ، އެހެން މީހުން ނެތަޖީ އާ ހަވާލުކުރަން އެއްބަސްވި" މި ސުރުޚީގެ ދަށުން ލިޔެފައިވާ މުސްކުޅި އާޓިކަލެއް އޮތެވެ.

މިމަހުގެ އަށް ވަނަ ދުވަހު ވެރިރަށް ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގަ ކަންގަނާ އަށް ޝަރަފުވެރި އެވޯޑެއް ލިބިފައިވާއިރު އޭނާ އަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ރާމް ނަތް ކޮވިންދްއެވެ.

އިންޑިއާގެ މިނިވަންކަމުގެ ޖިހާދާ ގުޅޭ ގޮތުން ކަންގަނާ ދެއްކި ވާހަކަތަކުގެ ސަބަބުން އިންޑިއާގެ ސިޔާސީ ގިނަ ބޭފުޅުންނާއި އެހެން ބައެއް ބޭފުޅުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިމައްސަލަ ހޫނުވެ ކަންގަނާގެ ޕަދްމާ ޝްރީ ޝަރަފު އަނބުރާ ނެގުމަށް ވެސް ގިނަ ބަޔަކު ދަނީ ޑިމާންޑް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޏަޖަނ

    ޤަރުނުގެ ބޮޑު ޖޯކް.
    މީނާގެ ސަބަބުން އިންޑިޔާގައި ފަގީރުންގެ ނިސްބަތް އިތުރުވެ. މުސްލިމުންގެ ޙައްޤުތަށް ގެލުނީ.

    33
    1
  2. Anonymous

    ދެންބުނޭ ނަޝީދު މިގައުމުގެ ބޮޑުވަޒީރު ކަމައް އައިސްގެނޭ ރާއްޖެއައް މިނިވަންކަން ލިބޭނީ.

    27
    1
  3. ހުސޭނުބޭ

    ކަންގްނާ ނުކުތީވެސް މޯދީގެ ބަނޑުންވިއްޔާ!

    27
    1
  4. މުބީނު މާރނީ

    ކަންގަނާ އަށް އިނގޭ ރަނގަޅަށް ވައިޖަހަން. ވައިޖެހިޖެހީނުން ފުއްޕާހަމެއް ފަޅާލާ ގޮތަށް ފަޅާލާ! އޭރުން ހުންނާނީ ވެފަ!

    25
    1
  5. ޭރަނާ

    ޢެހެންވެދޯ މޯދީއާ އިދިކޮޅު އެއްޗެއް ބުނެފި މީހާ ހިފާ ހައްޔަރުކޮށް ޖަލުގަ ބަހައްޓަނީ

    19
    1
  6. ހަކީމް

    މީނާގެ ފިލްމްތައް ރައްޖޭގަ ބޮއިކޮޓުކުރަން ގުޮވާލަން މިީމުސްލިމުންގެ ހަތުރެއް

  7. އައްޒަ

    މީނާމިހުރީ ހަމަ ހޭގައިބާ !!