ދުނިޔޭގެ މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވޭރިއެންޓް ކަމަށް އޮމިކްރޮންގެ ސަބަބުން އިއްޔެއާއި މިއަދަށް ދަތުރު ކުރަން ހަމަޖެހިފައިވާ ވައިގެ އުޅަދުތަކުގެ ތެރެއިން 3800 އުޅަދުގެ ދަތުރުތަށް ދުނިޔޭގެ އެކި ހިސާބު ތަކުން ކެންސަން ކޮށްފިއެވެ.

ކޮވިޑް-19 ގެ ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ދަށަށް ދިއުމާއި ގުޅިގެން އާއިލާ އާއި ރަހުމަތްތެރިންނާއި އެކުގައި ޗުއްޓީ ހޭދަ ކުރުމަށް ދާން ބޭނުން ވެފައިވާ އެތައް ހާސް ބައެއްގެ ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުން ޗުއްޓީ އާއި ދޭތެރޭ ވަރަށް ބޮޑަށް އުންމީދު ވަނީ ކެނޑިފައެވެ.

ކްރިސްމަސް ދުވަހާއި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާއި އަދި ކްރިސްމަސް ދުވަހާއި ގުޅިގެން އެމެރިކާގެ އެތެރޭގެ އެކި ތަން ތަނަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ މީހުން ދަތުރު ކުރަން ހަމަ ޖެހިފައިވާ ހަތަރު ބައި ކުަޅަ އެއްބައި ފްލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށް ފްލައިޓް އެވެއަރ ވެބްސައިޓް އިން ރިޕޯޓް ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން ބްރާސްފަތި ދުވަހު ވެސް 2000 ފްލައިޓެއް ވަނީ ކެންސަލް ކޮށްފައެވެ.

ނަމަވެސް އެމެރިކާގެ އެތެރޭގެ އުދުހުން ތަކުގެ ތެރެއިން ބައެއް ފްލައިޓްތައް ކެންސަލް ނުވާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ އާ ވޭރިއެންޓާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގައުމުތަކުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަހުއެވެ.