އިންޑިއާއިން ވެރިވެގެންފައިވާ ކަޝްމީރުގައި ރޭ ބޭއްވި ޔަހޫދީ ދީނީ ހަފްލާއެއްގައި ތޮއްޖެހި، ފިތިގެން 12 މީހަކު މަރުވެ، އިތުރު 13 މީހަކު ޒަހަމްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 3:30 ހާއިރުއެވެ.

މި ހާދިސާއާއި ގުޅިގެން ނަން ހާމަނުކުރުމަށް ޝަރުތުކޮށް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، "މަދުވެގެން 12 މީހަކު މަރުވެ، 13 މީހަކު ޒަޚަމްވެފައިވާ" ކަމަށެވެ. އޮފިޝަލުން ވަނީ މި އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި 20 ވަރަކަށް މީހުން ވަނީ ޒަހަމްވެފައެވެ. އަދި އާންމު ކޮށްފައިވާ ފޮޓޯތަކުން އެމްބިއުލާންސްތައް ހާދިސާ ހިނގި ސަރަހައްދަށް އަވަސް އަރުވާލައިގެން ދިޔަ މަންޒަރު ފެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ މަޓާ ވައިޝްނޫ ދޭވީ ގައެވެ. މަޓާ ވައިޝްނޫ ދޭވީ އަކީ އިންޑިއާގެ އުތުރުގައި ހުންނަ ހިންދޫންގެ އެންމެ "ބޮޑު" އެއް ފައްޅިއެވެ. ކޮންމެ ދުވަހަކު ވެސް އަޅުކަން ކުރުމަށް އެތައް ހާސް ބަޔަކު އެތަނަށް ޒިޔާރާތްކުރެއެވެ.

އިންޑިއާގެ ދީނީ ހަފްލާތަކުގައި ފިތިގެން މީހުން ޒަހަމްވުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ އެގޮތުން މީގެ ކުރިން 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ މެދުތެރޭ ގެ މަދްޔަ ޕްރަދޭޝް ސްޓޭޓުގައި ހިނގި ހާދިސާއެއްގައި ތޮއްޖެހި ފިތިގެން 110 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.