ޓެސްލާ އިން ޗައިނާގެ ޒިންޖިއާންގައި ޝޯރޫމެއް ހުޅުވުމުން އެމެރިކާގެ ޖަމިއްޔާއަކުން ފާޑުކިޔައިފިއެވެ.
އެމެރިކާގެ ކާރުހަދާ މަޝްހޫރު ކުންފުނި ޓެސްލާ އަށް ފާޑު ކިޔާފައިވާ އިރު، ޗައިނާގެ ޒިންޖިއާންގައި ތިބި ގިނަ އަދަދެއްގެ މުސްލިމުން ކޭމްޕްތަކެއްގައި ބަންދުކޮށްގެން ގެންގުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެމީހުންނަށް އެ ކޭމްޕްތަކުގައި ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ ކަމަށް ވެސް ތުހުމަތު ކުރެއެއެވެ.
އެކަމަކު، އެ ތުހުމަތުތައް ޗައިނާ އިން ދޮގު ކުރެއެވެ.
އެމެރިކާގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެންމެ ބޮޑު ޖަމިއްޔާ، ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް އިން އަންގާރަ ދުވަހު ވަނީ ޓެސްލާއަކީ " އިންސާނީ ނަސްލު ނައްތާލުމަށް ތާއީދުކުރާ" ޖަމާއަތެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔާފައެވެ.
"އީލޮން މަސްކް ޓެސްލާގެ ޝިންޖިއާން ޝޯރޫމް ބަންދު ކުރަން ޖެހޭ،" ޓެސްލާގެ ބާނީއަށް އިޝާރާތްކޮށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ބުނެފައި ވެއެވެ.
ކާރު އުފައްދާ ކުންފުނިން ޝަންހާއީގައި ފެކްޓްރީއެއް އޮޕަރޭޓް ކުރާ އިރު، ޗައިނާގައި ސޭލްސް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެ ކުންފުނިން ދަނީ އެތަނުގައި ޕްރޮޑަކްޝަން ރޭމްޕް ކުރަމުންނެވެ.
ޝިންޖިއާންގެ މުސްލިމުންގެ މައްސަލާގައި ހުޅަނގުގެ ގައުމުތަކާއި ޗައިނާއާ ދެމެދު ވަނީ ހިޔާލު ތަފާތުވެފައެވެ. ޗައިނާ އިން ބުނަނީ ކޭމްޕްތަކުގައި މީހުން ގެންގުޅެނީ އުނގަންނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެއީ ހަރުކަށި ފިކުރަށް ލެނބުނަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް ޗައިނާ އިން ބުނެއެވެ.
ޝިންޖިއާންގައި އުއިގާ ދަރިކޮޅުގެ މީހުންނާއި އެނޫންވެސް މުސްލިމުންނާމެދު ޗައިނާއިން އަމަލުކުރަމުންދާ ގޮތުން އެމެރިކާއިން ލޭބަލްކޮށްފައިވަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅިގެން އެމެރިކާއާއި އަދި ބައެއް ގައުމުތަކަކުން ވަނީ އަންނަ ފެބްރުއަރީ މަހު ބެއިޖިން ވިންޓާ އޮލިމްޕިކްސް ޑިޕްލޮމެޓިކް ބޮއިކޮޓް ކުރުމަށް ރާވާފައެވެ.
މި އެމެރިކާ އާއި ޔޫރަޕް އަކީ އެންމެ ބޮޑަށް މުސްލިމުންނާ ދެކޮޅުވެރިވެ އަނިޔާ ވެިރިވާ ބަޔަކީ ލަދެއް ނެތި ވާހަކަ ދައްކަމުން އެދަނީ މުސްލިމުން ނަށް އަނިޔާ ކުރަނީއޭ ކިޔައިގެން