ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ "ނިރުބަވެރި" ގްރޫޕެއް ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން ނިންމައިފިއެވެ.

ފަލަސްތީނުގެ އައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ލިސްޓުކުރާނެކަން އެ ގައުމުގެ ހޯމް އެފެއާސް މިނިސްޓަރު ކޭރެން އެންޑްރޫސް ވަނީ އިއުލާންކުރައްވާފައެވެ.

މިކަމާއި ގުޅިގެން ރައްދުގައި ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އޮސްޓްރޭލިއާގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން އިސްރާއީލާމެދު ތަފާތުކުރުންތަކެއް ހުރިކަން ސާފުވެގެންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނިރުބަވެރި ޖަމާއަތްތަކުގެ ގޮތުގައި ހިމަނަން ރާވާފައިވާ ލިސްޓަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތްކޮށްދޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފް ލިސްޓެއް ކަމަށެވެ.

ހާޒިމް ވިދާޅުވީ، ހަމާސްއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަރާރުތަކާއި އިންސާނީ އެހީގެ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްރާއިލުގެ އިސްތިއުމާރާ ދެކޮޅު ގައުމީ މިނިވަންކަމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޖަމާއަތެއް ކަމަށެވެ.

"ނިރުބަވެރިންގެ ގޮތުގައި ގިންތި ކުރަން ޖެހޭ މީހުންނަކީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގަސްދުގައި ފަލަސްތީނު މީހުންނަށް އަމާޒުކޮށް، ބައިނަލްއަގްވާމީ އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފުވާ މީހުން،" ހާޒިމް ވިދާޅުވިއެވެ.

ފަލަސްތީން ނޭޝަނަލް އޮތޯރިޓީގެ ޕާލިމެންޓުގައި ހަމާސްގެ މެޖޯރިޓީއެއް އޮވެއެވެ. އޮސްޓްރޭލިއާގެ މި ނިންމުމާއެކު ހަމާސްއަށް ފައިސާގެ އެހީ ނުވަތަ އެހެން ގޮތަކަށްވެސް އެހީ ފޯރުކޮށްދޭ ފަރާތަކަށް 25 އަހަރުގެ ޖަލުހުކުމެއް އަތުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަޤީޤަތް

    އިޒުރޭލާއި އެމެރިކާއަކީ އެންމެ ބޮޑު ނިރުބަވެރިން..މިވެރިން ނުހިމަނާ ތިލިސްޓު ފުރިހަމައެއް ނުވާނެ..މިއީ އެއްވަނަ ދަރަޖައިގެ ޓެރަރިސްޓުން..

    58
    6
  2. ހުސޭނުބެ

    ރަނގަޅު. ހަމާސްއަކީ ނުބައިނުލަފާ ޖާހިލު ބައެއް

    6
    47
    • ވަރަށްރަނގަޅައް ބަލާފާފަ ލިސްލިއަނވާނީ

      މީހުންގެ ބޮލުގައި އަޅުވަންވާނީ

  3. ނަން

    މި ދުނިޔެ ބޭނުން ވަނީ އެކަހަލަ ނިރުބަވެރިން
    ކަލޭމެން ކިތަންމެ އެއްޗެތް ކިޔަސް މުޖާހިދުން ދެރައެއް ނުވާނެ
    ***********************************************************
    لا إله إلا الله محمد رسول الله
    އެދިގެން ވަނީ ނިމިގެން ދިއުން ކަލިމައިގެ ދިދަ ދަށުގާ.☝️

    16
    2
  4. ޕޮއްޕަޓް ޒޮއިސް އިބްރާހިމް

    އިޒުރޭލާއި އެމެރިކާއަކީ އެންމެ ބޮޑު ނިރުބަވެރިން..މިވެރިން ނުހިމަނާ ތިލިސްޓު ފުރިހަމައެއް ނުވާނެ..މިއީ އެއްވަނަ ދަރަޖައިގެ ޓެރަރިސްޓުން.

    11
    1
  5. ޚމ

    ހުސޭނުބޭ މުނާފިގަކާ ވަށތަރީ

    8
    1
  6. ޚމއ

    ހުސޭނުބޭ މުނާފިގަކާ ވަށތަރީ

    8
    1
    • ޢަހުމަދުވަގާރު

      އެޔޯ

  7. ހުސޭނުބެ

    އެހެންވީރު ތީ ޓެރަރިސްޓެއް

    5
    3
  8. އަހުމަދު

    ހުސޭނުބެއަކީ ޖާހިލެއްތަ؟

  9. ހުސޭނުބެ

    ކަނަމަދު ތީ 6ވަނަގަރުނުގެ ޖާހިލެއްތަ