އެމެރިކާގެ ސޯލްޓް ލޭކް ސިޓީން ވޮޝިންޓަން ޑީސީއަށް ދަތުރުކުރަމުންދިޔަ ޑެލްޓާ އެއާލައިންސްގެ ފްލައިޓެއް މަތީގައި އޮއްވާ ކޮކްޕިޓްގެ ކުޑަދޮރެއް ތަޅައިގެން ދިއުމުން އެމާޖެންސީކޮށް ޖައްސައިފިއެވެ.

ތަޅައިގެން ގޮސްފައިވާ އެ ބޯޓުގެ ވިންޑްޝީލްޑްގެ ފޮޓޯ ޓްވިޓާގައި ޕޯސްޓްކޮށްފައިވަނީ ފްލައިޓްގައި އިން ފަސިންޖަރަކު ކަމަށް ވެއެވެ. ފޮޓޯއިން ފެންނަނީ ކޮކްޕިޓް ވިންޑްޝީލްޑްގެ ކަނާތް ފަރާތުން ތަޅައިގެން ގޮސްފައިވާ މަންޒަރެވެ.

"ވިންޑްޝީލްޑް ތަޅައިގެން ކަމަށް ބުނެ ލައުޑްސްޕީކަރުން ގޮވި، 10 ވަރަކަށް މިނެޓު ތެރޭ އަހަރެމެން ޑެންވަރއަށް ޑައިވާޓް ކުރަން އުޅުނު ކަމަށް ބުނި". މަތިންދާބޯޓުގައި ދަތުރުކުރި 198 ފަސިންޖަރުންގެ ތެރޭގައި ހިމެނޭ އެކަކު ބުންޏެވެ.

އެ ފްލައިޓް ޑައިވާޓްކޮށްފައި ވަނީ 90 މިނިޓްއަށް ދުއްވުމަށް ފަހުއެވެ. އަދި ފަސެންޖަރުން ހަމަޖެހިގެން ތިބުމަށް ކްރޫން އެދިފައި ވެއެވެ.

ޑެލްޓާގެ ތަރުޖަމާނު އެންތަނީ ބްލެކް ވަނީ ވިންޑްޝީލްޑް ތަޅައިގެން ދިޔަ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފަހުން ފަސިންޖަރުން ޑެންވަރގައި އާ މަތިންދާބޯޓަކަށް އެރުވިއިރު، އެ މީހުން ވަނީ އެ ބޯޓުގައި ވޮޝިންޓަނަށް ގެންގޮސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު