އާންމު ތަންތަނުގައި ބޮލުގެ އިސްތަށިގަނޑު ނިވާކޮށްގެން ތިބޭ މުސްލިމުންނަށް އަދަބުދޭނެ ކަމަށް ފަރަންސޭސިވިލާތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް މާރިން ލެޕެން ވައުދު ވެއްޖެއެވެ.

މާރިން އިއްޔެ މިހެން ބުނެފައި ވަނީ މާދަމާ އޮންނަ ފްރާންސްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ނެގުމުގެ ކުރީން ބޭއްވި ފަހު ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އާދީއްތަ ދުވަހު ނެގި ފުރަތަމަ ބުރުގެ ވޯޓުގެ ކުރިން ރައީސް އެމަނުއެލް މެކްރޮންއަށް އިމްޕްރެޒެންޓެޑް ލީޑެއް ލިބިވަޑައިގެންނެވި ނަމަވެސް ލެ ޕެން ވަނީ ފަރަގު ކުޑަކުރައްވައި، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ހަގީގީ ފުރުސަތު އޭނާއަށް އޮތްކަމަށް ގަބޫލުކުރާކަން ހާމަކޮށްފައެވެ.

މާރިން ވަނީ މުސްލިމުންނަށް އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާކުރުމަށް އޭނާ ދޭ އަހައްމިއްޔަތުކަން ހާމަކޮށް އެކަމާއި ގުޅިގެން ވާހަކަ ދައްކާފައެވެ.

އެގޮތުން އޭނާ ބުނީ އޭނާ ވެރިކަމަށް ހޮވިއްޖެ ނަމަ ބުރުގާ އަޅާ މުސްލިމުންނަށް އަދަބު ދޭނެ ކަމަށާއި، އަދަބެއްގެ ގޮތުން ޝީޓް ބެލްޓް ނާޅާ މީހުން ހުއްޓުވައި ފުލުހުން، އެ މީހުން ޖޫރިމަނާކުރާހެން ބުރުގާ އަޅާ މީހުން ވެސް ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވސ

    ރާއްޖޭގައި ބިކިނީލާ އަންހެނުންވެސް ޖޫރީމަނާ ކުރަންވީ.

    21
    1
  2. ރެފްރީ

    އިރާދަކުރެެއްވިއްޔާ މާތް الله ތިބާއަށް ވެރިކަންދެއްވާ އިސްލާމްދީންގަބޫލުކޮށްގެން މޫނުބުރުގާވެސްއަޅުއްވައިގެން ހަނީމޫނަށް ފިރިކަލުންގޮވައިން އަންނާނެކަމަށް އުންމީދުކުރަން.. ވަރަށްވެދުން

    19
    1
  3. އަހުމަދު

    ޤިޔާމަތް ދުވަހަށް ބިރުވެތި ނުވާ މީހުން ތިހަލަ ވާހަކަ ދައްކާނެ ، އަދި ކަމަނާ ހޮވެގެންތާ ތިކަން ވާންވެސް އޮތީ ،

    16
  4. ނައިބޭ

    މީހަކު އަޖައިބުވެ އަންތަރީސް ނުވާނީ މި މީހުންގެ ކޮން ކަމަކާ ދޭތެރޭބާ؟ ބަލަ މުސްލިމުން ނޫން ބަޔަކު މި މީހުންނަށް ނުފެންނަނީތޯ؟ ފަރަންސޭސީންގެ އާބާދީގައި 65 މިލިއަނެއްހައި މީހުން ތިބިއިރު، މުސްލިމުންގެ އަދަދަކީ ޖުމްލަ އާބާދީގެ 5 އިންސައްތަ.
    ދެން އެމީހުން އެބުނާ ޑިމޮކްރަސީން އިންސާނީ ޙައްޤުތަކާއި، ދީނީ މިނިވަންކަމާއި، އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި، ޖިންސް ބަދަލުކުރުމުގެ ޙައްޤާއި، އެއްޖިންސުން ކައިވެނިކުރުމުގެ ޙައްޤާއި މިޒާތުގެ ހުރިހާ ޙައްޤުތަކެއް އޮތް ކަމަށް އެބަ ދަޢުވާކުރޭ.
    މުސްލިމު އަންހެނަކު އޭނާގެ ދީނަށް އުޅުމުގެ ޙައްޤެއް ނެތް. ދެން ކޮން ސީ އެއްގެ ވާހަކަ ދޯއެ ދައްކަނީ.
    މި މިގޮތްގޮތުން ކަންތައް ހުންނާތީ އަޅުގަނޑު ހިތައް އަރާ މިމީހުން މިހާރު ހާދަ މޮޅުވެއްޖެޔޭ. މޮޅު ވާނެތާ
    "ތިމާއީ ކާކުކަން ނޭނގޭކަމީ ހަމައިމުވެސް މޮޔަކަން
    ދިމާއަށް ފެންނަ ކަންތައްވެސްް ނުފެންނަކަމީ މުޅީން މޮޔަކަން."

    14
  5. ޙަސަނާ

    އިރާދަފުޅުކުރެއްވިއްޔާ ތިޔަ ޖައްބާރު ވެރިކަމައް ނުހޮވޭނެ އިންޝާﷲ

    17
  6. ހުސޭނުބޭ

    ތިހިރީ ހޮވިނިމިފަ

    12
  7. ބުރުގާ

    ތިހެންވިއްޔާ އިންޝާﷲ ނުހޮވޭނެ. މުސްލިމުންނާ ބުރުގަލާ ކުޅެންއުޅެންޏަކާ.

    18
  8. މޯޑު

    ތިގޮލާ ނުހޮވޭނެ އިންޝާ ﷲ

    15
  9. Anonymous

    ބުރުގާ އަޅާ އަންހެނުން ޖޫރިމަނާ ކޮށްފަ، ކަލޭމެން އަލްޖީރިއާ އަށާއި މޮރޮކޯއަށް ދިޔައިމާ އެ ދެ ގައުމުގެ ރައްޔިތުން ވެސް ކަލޭމެން ޖޫރިމަނާކުރާނެ. ބަލަންތިބޭތި. އެމީހުން ކަލޭމެން ޖޫރިމަނާކުރާނީ ކޮން އެއްޗަކުން ކަމެއް ކަލޭމެންގެ ޚިޔާލަށް ވެސް ނުގެނެވޭނެ.

    10
  10. ހައްވައްތަ

    ހާދައަވަހަކައް މިދައިތަގަނޑު ހިތްމައްޗައް އަރައިގެން މިތެޅިގަތީ މުސްލިމުންނާ އަޅައިގަނެގެން މައިތްކަލާންގެ އިރާދަފުޅުން ދުވަހަކުވެސް މިދައިތަ ވެރިކަމަކައް ނުހޮވޭނެ.

    13
  11. ކޫޑި

    ތިދައިތަ އަނދާ ހުލިވެ ގައިގަ ދެލީގެ ބުރުގަލެއް ލަށްވާފާންދޭވެ.

    12
  12. ރަދީފް

    ކަލޭ ނުވެސް ހޮވޭނެ.

  13. ކީލި

    އިންޝާ އައްﷲ ބޮޑުވަޒީރަކަށް ކަމާނާ އަކަށް ނުވެވޭނެ!
    މުސްލިމުންނާމެދު ހިތް ސާފުވި ދުވަހަކުން ނޫނީ .....

  14. ރީތި

    ކަލޭ ތިޔަ އުޅެނީ ވެރިކަމަށް އަންނާކަށް ނޫނެއްނު.. ކަލޭ ތިޔަ އުޅެނީ މުސްލިމުންނާ ދޭތެރޭ އޮތް ރުޅިވެރިކަމެއް ކަމެއްގެ ސަބަބުންް