އެކްސިޑެންޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ކޮއްކޮ ޕްރަހްލަޑް ދަމޯދަރު ދާސް މޯދީ އާއި އާއިލާގެ ބައެއް މެންބަރުންނަށް އަނިޔާވެއްޖެެއެވެ.

ދަމޯދަރު މޯދީ އާއި އޭނާގެ އާއިލާ މެންބަރުން ތިބި ކާރު އެކްސިޑެންޓްވެފައި ވަނީ މައިސޫރު ޑިސްޓްރިކްޓްގެ ކަޑަކޯލާ ވިލެޖް ކައިރިންނެވެ.

މި ހާދިސާ ހިނގާފައިވަނީ ދަމޯދަރު މޯދީ އޭނާގެ އާއިލާއާއެކު ބެންގަލޫރުން ފަތުރުވެރިންގެ ސްޕޮޓެއް ކަމަށްވާ ބަނޑިޕޫރަށް ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ކާރު ދުއްވަން އިން ޑްރައިވަރަށް އެ ކާރުގެ ކޮންޓްރޯލް ގެއްލި، ރޯޑް ޑިވައިޑަރެއްގައި ޖެހިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި އެކްސިޑެންޓްގައި އުމުރުން 40 އަހަރުގެ ދަމޯދަރު މޯދީއަށް ވަނީ އަނިޔާވެފައެވެ. އަދި އޭނާގެ 40 އަހަރުގެ ފިރިހެން ދަރިފުޅާއި، އިތުރު މީހުންނަށްވެސް ވަނީ އެކި ކަހަލަ އަނިޔާތައް ލިބިފައެވެ.

އަދި ކާރު ދުއްވަން އިން ޑްރައިވަރަށްވެސް އަނިޔާވެފައި ވެއެވެ.

މި ހާދިސާގައި ކާރުގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ނުލިބުނު ނަމަވެސް، ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކްސިޑެންޓާއި ގުޅިގެން މައިސޫރުގެ ޕޮލިސް ސުޕްރިންޓެންޑެންޓް ސީމާ ލަޓްކަރް އާއި އިތުރު ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

މިމައްސަލަ މައިސޫރު ސައުތު ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި އެކްސިޑެންޓްގައި ޒަހަމްވި އެންމެން ވެސް މިހާރު ވަނީ ޖޭއެސްއެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި އެއްވެސް މީހުގެ ހާލު ސީރިއަސްއެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    “40 އަހަރުގެ ދަމޯދަރު މޯދީ އަދި އޭނާގެ 40 އަހަރުގެ ފިރިހެން ދަރިފުޅު” 🤦🏻‍♂️

    17
    1
  2. Anonymous

    އިސްލާމްދީންގެ އަދުއްވުންނަށް ހަލާކުހުރި.