ތުރުކީވިލާތުން ގްލާސްގޯއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ފަސިންޖަރަކު މަރުވެ، މަތިންދާބޯޓު އެމަޖެންސީގައި ޖައްސަން ޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 44 އަހަރުގެ މި މީހާ މަރުވެފައިވަނީ ތުރުކީގެ ރިސޯޓް ސިޓީ އަންޓާލިއާއިން ގްލާސްގޯއަށް ދަތުރު ކުރި ޖެޓް2 ފްލައިޓް ތެރޭގައެވެ.

އެ މީހާ މަރުވުމުގެ ކުރިން، އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކެބިން ކްރޫން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން 40 މިނެޓު އެ މީހާ އަށް ޗެސްޓް ކޮމްޕްރެޝަން ދީފައި ވެއެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެެވެ.

މިއާއެކު ޕައިލެޓް ވަނީ އެ އެއާޕޯޓަށް ޖައްސަން ކިޔުގައި މަޑުކޮށްގެން ވައިގެ ތެރޭގައި ހަރަކާތްތެރިވަމުް ދިޔަ މަތިންދާބޯޓުތަކުގެ ކުރިން އެ މަތިންދާ ބޯޓު ޖެއްސުމަށް ފުރުސަތަކަށް އެދިފައެވެ.

ނަން ހާމަ ކޮށްފައި ނުވާ އެ މީހާ މަރުވެފައި ވަނީ އެމަޖެންސީގައި ޖެއްސިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

މި މައްސަލައިގައި ސްކޮޓްލޭންޑްގެ މަރުގެ ތަހުގީގު އޮތޯރިޓީއަށް ރިޕޯޓް ހުށަހަޅާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފްލައިޓް ގްލާސްގޯ އެއާޕޯޓުގައި އެމަޖެންސީގައި ޖައްްސާފައި ވަނީ އިއްޔެ އިރުއޮއްސި 6:40 ގަ އެވެ.