ފާއިތުވި ދެ ދުވަސް ތެރޭ އިސްރާއީލް ސިފައިން އަނިޔާވެރިކޮށް ޝަހީދު ކުރި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 10 އަކަށް އަރައިފިއެވެ.

ޣައްޒާގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ގޮތަކަށް އިސްރާއީލް ސިފައިން އަންނަނީ ފަލަސްތީނުގެ ކުށެއް އެތައް ބައެއްގެ ފުރާނައަށް ގެއްލުންދީ، އެމީހުން ދިރިއުޅެމުން އަންނަ ގެތައް ސުންނާފަތި ކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތުގެ ތެރެއިން ބައެއް މީހުންނަށް ބަޑިން ހަމަލާދީ ޝަހީދު ކޮށްލާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިއްޔެ ވެސް އިސްރާއީލް ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އެކަކު ޝަހީދު ކޮށްލާފައިވާއިރު، ފާއިތުވި ދެ ދުވަހު އިސްރާއީލް ސިފައިން ފަލަސްތީނުގެ 10 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި މިއަހަރުގެ މިހާތަނަށް އިސްރާއީލް ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ 83 އަކަށްވުރެ ގިނަ މީހަކު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ހަމަލާ ދެމުން އަންނައިރު، އެފަރާތްތަކުން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމަށް އޮންނަ މަގު ވެސް ބަންދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ނަބްލުސްގައި އޮންނަ "އޮލިވް" ދަނޑަކަށް ވަދެ އެތަނުގެ 37 ގަހެއް ކަނޑާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާނިސާ

    ތިވާހަކަދައްކާ ކުއްވެރިކުރާނެ ގައުމެއްވެސް ނެތޭ. ކިހަދެރަކަމެއްމީ. އދ އިން ވަކިވާންވީ ހުރިހާ ގއުމަކުނވެސް. ޢިޒްރޭލާ އެމެރިކާ ބާއްވާފަ.

  2. ހުސޭނުބޭ

    ކޮންމެ އަހަރެއްގެ ރޯދަމަސް ކައިރިވާވަރަކަށް އިސްލާމުން ރުޅިއަރުވަން އެމީހުން ހިންގާ އުދުވާނުތަކެއް ތިއީ. އެކަމަކު ޔޫއޭއީ ފަދަ ތަންތަނުން އެ ތިބެނީ އިޒްރޭލު އުނގަށްލައިގެން.

    • އަހުމަދު

      ސައުދީވެސް

  3. ހަލަފް

    ބަލަން ތިބުން ނޫނީ ނެތް! ޖިހާދަށް ހުއްދަދީފިއްޔާ ވަލިއްޔުލް އަމްރު، އެކުރެވެނީ ޖިހާދަކަށް ވަނީ! ފިނޑިންނާ ކޮރަޕްޓް މީހުންނާ ތިބީ ވެރިކަމުގައި!