ފިލިޕީންސްގެ އުތުރުގައި މީގެ ހަ ހަފުތާ ކުރިން ގެއްލުނު ކުޑަ މަތިންދާބޯޓެއްގެ ބައިތައް ޖަންގަލީގެ ތެރެއިން ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބޯޓުގައި ތިބި ހަ މީހުން ވެސް ވަނީ މަރުވެފައެވެ.

ސެސްނާގެ މަތިންދާބޯޓު އިޒަބެލާ ޕްރޮވިންސްގެ ކައުއާޔަން އެއާޕޯޓުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ފުރީ ސިއެރާ މަދްރޭ ފަރުބަދައިގެ ރޭންޖު ހުރަސްކޮށް ދާނެ މަގަކުންނެވެ.

ނަމަވެސް ޕެސިފިކް އައްސޭރިފަށް ކައިރީގައި އޮންނަ މެކޯނާކޯން އެއާސްޓްރިޕާއި ހަމައަށް އެ މަތިންދާބޯޓަށް އާދެވިފައެއް ނުވެއެވެ.

"ހިތާމައަކީ ސަލާމަތްވި އެއްވެސް މީހަކު ނެތް،" ފަރުބަދައިގެ ރޭންޖުގެ ބޮޑު ޖަންގައްޔެއްގެ ތެރެއަށް ވެއްޓުނު އެ ބޯޓުގެ ބައިތައް ފެނުމާ ގުޅިގެން ސިވިލް ޑިފެންސް އޮފިސަރު ކޮންސްޓަންޓް ފޯންޑާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓުން ދަތުރު ކުރި ޕައިލެޓާއި ފަސް ފަސިންޖަރުންގެ ހަށިގަނޑު އެންމެ ކައިރީގައި އޮންނަ އިޒަބެލާގެ ދިވިލަކަން އަވަށަށް ގެންދިއުމަށް ސަލާމަތްކުރާ ފަރާތްތަކަށް ތިން ދުވަސް ނަގާނެ އެވެ.

މި މަތިންދާބޯޓު ފެނިފައި ވަނީ މާރިޗް އެއް ވަނަ ދުަވަހު ގެއްލުނު ހެލިކަޕްޓަރު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.