އިންޑިއާގައި ނަށަން ހުއްޓާ އިތުރު މީހަކު މަރުވެއްޖެއެވެ.

އިންޑިއާގައި ފާއިތުވެދިޔަ މަސްތަކުގައި ކުއްލިއަކަށް މަރުވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން ބައެއް މީހުން މަރުވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އެގޮތުން މީގެ ހަފްތާއެއް ކުރިން ކައިވެނީގެ ހަފްލާއެއްގައި ނަށަން ހުރި މީހަކު ކުއްލި ގޮތަކަށް ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީވެސް ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މިފަހަރުވެސް ކުއްލިއަކަށް މީހަކު މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި ވަނީ ހޮލީއާ ގުޅުވައިގެން މޯޑީނަގަރްގެ ލަގްޒްމީ ނަގަރް ސަރަހައްދުގައި ނަށަނިކޮށެވެ.

ވިނިތް ކުމާރް ނަމަކަށް ކިޔާ އެ މީހާ ނަށަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ވެއްޓުމާއެކު އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަން އަންގާ، އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަން ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާއިރު، މި ހާދިސާ ހިނގާފައި ވަނީ އޭނާ އާއިލާ އަ ރަހުމަތްތެރިންނާއެކު ހޮލި ފާހަގަކުރަމުން ދަނިކޮށެވެ.

އެގޮތުން އެ ސަރަހައްދުގައި 20 ވަރަކަށް މީހުން ޑީޖޭ އާއި ނެށުން ފަދަ ކަންކަމުގައި އުޅެމުން ދިޔައެވެ.

އަދި ބުދަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު ވިނީތް ދިޔައީ ވެސް ނަށަމުންނެވެ. އަދި 15 ވަރަކަށް މިނިޓަށް އޭނާ ނެށި ފަހުން މޭގައި ރިއްސާތީ އޭނާ އެތަނުން ދުރަށް ދިޔައެވެ. އަދި ގޮސް އިށީންދުނު ތަނާ އޭނާ ވެއްޓުނީއެވެ.

މިކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައި ނުވުމުން މިކަން އަދި ފުލުހުން ބަލަމުން ނުދެއެވެ. ނަމަވެސް މައްސަލަ ހުށަހަޅައިފިނަމަ ބަލާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނެށުމަކީ އިބިލީހުގެ ކަމެއް. މިއުޒިކަކީ އިބިލީހުގެ ކަމެއް. ލަވައަކީ އިބިލީހުގެ ކަމެއް. ޖުވާއަކީ އިބިލީހުގެ ކަމެއް. ރާ ބުއިމަކީ އިބިލީހުގެ ކަމެއް.

    6
    1