ރަޝިއާއާ ޔުކްރޭންއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔުކްރޭންއަށް ދިން ހަމަލާއެއްގައި ފްރާންސްގެ ނޫސްވެރިއަކު މަރުވެއްޖެއެވެ.

މަރުވީ މަޝްހޫރު ނިއުސް އޭޖެންސީ އޭއެފްޕީގެ ނުސްވެރިޔާ އަރުމާން ސޮލްދިން އެވެ. އެއާއެކު އެ ހަނގުރާމައިގައި މަރުވި ނޫސްވެރިންގެ އަދަދު ވަނީ 16 އަށް އަރައިފައެވެ.

އަރުމާން މަރުވީ މިހާރު އެންމެ ގަދައަށް ހަނގުރާމަ ކުރަމުންދާ ޔުކްރޭންގެ އިރުމަތީ ބަހުމޫތު ސަރަހައްދުގައެވެ.

އަރުމާން މަރުވި އިރު އޭނާއާ އެކު އެހެން ނޫސްވެރިންވެސް ހަރަކާތްތެރިވިއެވެ. ނަމަވެސް އެހެން ނޫސްވެރިންނަށް ގެއްލުމެއް ނުލިބުނަސް ރޮކެޓް ހަމަލާއަކުން އަރުމާންއަށް ސަލާމަތެއް ނުވެވުނެވެ.

އަރުމާން މަރުވުމާ ގުޅިގެން އޭއެފްޕީ ނިއުސް އޭޖެންސީއިން ބުނީ މިއީ މުޅި އެ އޭޖެންސީއަށް ލިބުނު ގެއްލުމެއް ކަމަށެވެ.

ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން އަރުމާން ސިފަ ކުރެއްވީ ވަރަށް ހިތްވަރު ގަދަ ނޫސްވެރިއެއްގެ ގޮތުގަ އެވެ.

އަރްމާން އެންމެ ފުރަތަމަ އޭއެފްޕީ ނިއުސް އޭޖެންސީއާ ގުޅުނީ 2015 ވަނަ އަހަރު އިންޓާންއެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ރަޝިއާއިން ޔުކްރޭންއަށް އަރައިގަތް ދުވަހު ނޫން އަނެއް ދުވަހު އޭނާ ވަނީ ޔުކްރެއިން އަށް ގޮސް ހަނގުރާމަ ކަވަރު ކުރަން ފަށައިފައެވެ.

ޔުކްރޭންއަށް ރަޝިއާއިން އަރައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތީ ޔުކްރޭންގެ ބޮޑު ބައެއް ހިފައިފައެވެ.

ކިޔުންތެރިންގެ ހިޔާލު