17:01

ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާނަތަށް ފަލަސްތީނުގެ 33 މީހުން ޝަހީދުވެ، 147 މީހުން ޒަޚަމްވެއްޖެ.

16:38

އިސްރާއީލްގެ ޝޯކެޑާ ކައިރިއަށް ދިން ރޮކެޓް ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެއްޖެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސަރަހައްދުގައި ދެ މީހަކަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައި.

އެ ދެ މީހުންނަކީ އުމުރުން 40 އަހަރުގެ ފިރިހެނުން ކަމަށް މައުލޫމާތު ލިބޭ.

16:36

ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 20 އަށް ވުރެ ގިނަ ގެއަކަށް ވަނީ ބޮން އަޅާފައި
ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 20 އަށް ވުރެ ގިނަ ގެއަކަށް ވަނީ ބޮން އަޅާފައި
ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 20 އަށް ވުރެ ގިނަ ގެއަކަށް ވަނީ ބޮން އަޅާފައި
ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް 20 އަށް ވުރެ ގިނަ ގެއަކަށް ވަނީ ބޮން އަޅާފައި

16:09

އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގަބުރުސްތާނަކަށް ދިން ވައިގެ ހަމަލާތަކުގައި މަހާނަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގަބުރުސްތާނަކަށް ދިން ވައިގެ ހަމަލާތަކުގައި މަހާނަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގަބުރުސްތާނަކަށް ދިން ވައިގެ ހަމަލާތަކުގައި މަހާނަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގަބުރުސްތާނަކަށް ދިން ވައިގެ ހަމަލާތަކުގައި މަހާނަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި

16:06

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލް ޒައިތޫން އަވަށުގައި ހުންނަ ފަލަސްތީނުގެ ގެއަކަށް މިސައިލް ހަމަލާތަކެއް ދީފި

16:05

އިސްރާއީލްގެ ސްޑެރޯޓާއި ނެޓިވޯޓް ގެ އަވަށްތަކަށް ރޮކެޓް އަންނަ ކަމުގެ އެލާޓްތައް އިތުރުވެއްޖެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ.

14:56

 

ފަލަސްތީނު ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ޖިހާދުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގައި އިސްރާއީލްގެ 65 މީހަކު ޒަހަމްވެއްޖެ.

14:18

ޣައްޒާގައި ހުރި ގެއެއް ބިމާ ހަމަވެފައި.
ޣައްޒާގައި ހުރި ގެއެއް ބިމާ ހަމަވެފައި.
ޣައްޒާގައި ހުރި ގެއެއް ބިމާ ހަމަވެފައި.

14:16

މި އަހަރު ފެށުނު ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 150 މީހުން ޝަހީދުކޮށްލާފައިވޭ. އޭގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދިން ހަމަލާތަކުގައި ޝަހީދުވި 33 މީހުން ހިމެނޭ.

14:14

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނަނީ، ޣައްޒާގައި ހުރި އިސްލާމިކް ޖިހާދުގެ ކޮމާންޑް ސެންޓަރުތަކަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް. މި ހަމަލާތައް ވެސް ދިނީ ވައިގެ މަގުން.

13:37

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ ޒުވާނަކު ވަނީ ޝަހީދުކޮށްލާފައި. އެތަނުން އެކަކީ އުމުރުން 19 އަހަރުގެ އަދުނާޏް ވާސިމް ޔޫސުފް ނަމަކަށް ކިޔާ ފިރިހެނަކާއި ސައީދު ޖިހާދު ނަމަކަށް ކިޔާ މީހެއް.

 

13:35

މިއަދު ހެނދުނު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ ގެއެއް ބިމާ ހަމަވެފައި.

13:28

އިސްރާއީލަށް އަމާޒުކޮށް ކުރިއަށް އޮތް ތަނުގައި ގިނަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ފަލަސްތީނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ގްރޫޕެއް ކަމަށްވާ އިސްލާމިކް ޖިހާދުން ދީފި.

11:56

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، އިސްރާއީލަށް އަމާޒުކޮށް ފަލަސްތީނުގެ ޣައްޒާ އިން 1،099 ރޮކެޓު ހަމަލާ ފޮނުވާލާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

09:01

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 33 މީހަކު ޝަހީދުވެއްޖެ.

08:40

އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ސިފައިން ވައިގެ މަގުން ޣައްޒާއަަށް ދެމުންދާ ހަމަލާތަކާއި އަދި ރައްދުގައި ޣައްޒާގައި ތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ނުވަތަ ވަގުތީ ގޮތުން މެދުކަނޑާލަން ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުން ލިބިއްޖެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދިނުން ހުއްޓާލުމުގެ މަޝްވަރާތަކަށް ކުރިއެރުން ލިބިއްޖެ

 

08:26

އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދީ އިން ކައިރީ އޮންނަ އިސްރާއީލްގެ އަވަށްތަކަށް ރޮކެޓް ހަމަލާތައް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން މިހާރު ވެސް ސައިރަން އަޅަމުން އެބަދޭ.

00:09

ހުޅަނގު އައްސޭރީގެ ބެތުލެހެމް ސިޓީގެ އުތުރު އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

23:42

ގާތްގަނޑަކަށް ގަޑިއެއްހާއިރު މަޑު ޖެހުމަކަށްފަހު، ޣައްޒާގެ ބޯޑަރު ކައިރީގައި އިސްރާއީލްގެ ވާ އަވަށްތަކުގައި ރޮކެޓް ސައިރަންގެ އަޑު އިވެެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މި އެލާޓްތައް ނެރެފައި ވަނީ މަގޭން، ނިރް އޯޒް އަދި އީން ހާބޭސޯރު އަވަށުގައި.

އެ ސަރަހައްދުގެ މަތިން އަޔަން ޑޯމް އިންޓަސެޕްޓާ މިސައިލްތައް ފެނުނު ކަމަށް ބައެއް މީހުން ވަނީ ރިޕޯޓްކޮށްފައި.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

23:33

ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަންޑަގްރައުންޑް ރޮކެޓް ލޯންޗާއާއި މޯޓާ ލޯންޗް ކުރާ 15 ސަރަހައްދަކަށް ފައިޓާ ޖެޓާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި

އައިޑީއެފް އިން ބުނީ އެ ތަންތަން ބޭނުންކޮށްފައިވަނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިސްރާއީލަށް ރޮކެޓް ހަމަލާދިނުމަށް ކަމަށް

22:59

އިސްރާއީލްގެ ރެހޯވޯޓަށް ޣައްޒާ ދިން ރޮކެޓް ހަމަލާގެ ސަބަބުން އިއްޔެ މަރުވި މީހާގެ ނަމަކީ އުމުރުން 80 އަހަރުގެ އިންގާ އަވްރަމްޔަން ކަމަށް އިސްރާއީލްގެ މީޑިއަަތަކުން ބުނޭ.

މި ހަމަލާ އަމާޒުވިއިރު، އަވްރަމިޔަންގެ ފިރިމީހާވެސް އޭނާގެ ކައިރީގައި ހުރި ކަމަށްވެސް ރިޕޯޓްތައް ބުނޭ.

22:46

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީގެ ގެއެއް ހަލާކުވެފައިވާ ކަމަަށް ގުދުސް ނެޓްވޯކް އިން ބުނެފި.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

 

21:42

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އިސްރާއީލަށް އަމިއްލައަށް ތައްޔާރުކޮށްފައިވާ ރޮކެޓްގެ އާ ރާޅެއް ފޮނުވާލައިފި.

21:39

ޣައްޒާގައި ހުންނަ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިތުރު ދެ ކޮމާންޑް ސެންޓަރަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި.

 

21:39

ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް އޮފިޝަލަކަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވުމާއި ގުޅިގެން ޣައްޒާއިން ދުރު ރާސްތާގެ ރޮކެޓް ހަމަލާތައް އިތުރުވާނެ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެ.

21:08

އިސްރާއީލުން މިމަހުގެ ނުވަވަނަ ދުވަހު ފަހުން ޣައްޒާއަށް ދިން ހަމަލާތައް މިހާތަނަށް ފަލަސްތީނުގެ 33 މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފި.

20:54

ޣައްޒާގެ މިއަދުގެ ހާލަތު ފޮޓޯތަކުން - ޓައިމްސް އޮފް ޣައްޒާ
ޣައްޒާގެ މިއަދުގެ ހާލަތު ފޮޓޯތަކުން - ޓައިމްސް އޮފް ޣައްޒާ
ޣައްޒާގެ މިއަދުގެ ހާލަތު ފޮޓޯތަކުން - ޓައިމްސް އޮފް ޣައްޒާ
ޣައްޒާގެ މިއަދުގެ ހާލަތު ފޮޓޯތަކުން - ޓައިމްސް އޮފް ޣައްޒާ

20:53

ޣައްޒާގެ އަލް ކަރަމޭހް އަވަށުގެ ސަރަހައްދަކަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދީފި

20:36

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

20:11

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އިސް މީހަކު ޝަހީދުވެއްޖެ

20:04

ޣައްޒާގެ ދެކުނުގެ ބޯޑަރު ކޮމިއުނިޓީ ކަމަށްވާ ކެރެމް ޝަލޯމްގައި ރޮކެޓް ހަމަލާ އަމާޒުވަމުންދާ ކަމުގެ ސައިރަންތައް އިވެމުންދާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފި.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވާ ކަމަށް ބުނޭ.

20:03

އަންގާރަ ދުވަުހުން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް ފަލަސްތީނުން އިސްރާއީލަށް 937 ރޮކެޓާއި މޯޓާ ފޮނުވާލާފައިވާ ކަމަށް އިސްރާއީލްގެ ޑިފެންސް ފޯސް އިން ބުނެފި.

އޭގެ ތެރެއިން 761 ޕްރޮޖެކްޓަލް ބޯޑަރު ހުރަސްކުރި އިރު، ޣައްޒާގައި 181 ޕްރޮޖެކްޓަލް ވެއްޓިފައި ވަނީ ޣައްަޒާ ސަރަހައްދަށް ކަމަށް އައިޑީއެފުން ބުނޭ.

20:00

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 33 މީހަކު ޝަހީދުވެ، 110 މީހަަކަށް އަނިޔާވެފަިއވާ ކަމަށް ޓައިމްސް އޮފް ޢައްޒާއިން ބުނެފި

20:00

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި އެންމެ ފަހުން ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ޓައިމްސް އޮފް ޢައްޒާއިން ބުނެފި

އިސްރާއީލުން ދިން ހަމަލާތަކުގައި ގެއްލުންވި އިމާރާތެއް - ފޮޓޯ؛ ޓައިމްސް އޮފް ޣައްޒާ

19:17

އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާތާ ހަތަރުވަނަ ދުވަސް - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާތާ ހަތަރުވަނަ ދުވަސް - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާތާ ހަތަރުވަނަ ދުވަސް - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާތާ ހަތަރުވަނަ ދުވަސް - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

19:13

ޣައްޒާ ސިޓީގެ އަލްނަސްރު އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ގުދުސް ނެޓްވޯކް އިން ބުނެފި.

19:08

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސެކިއުރިޓީ އެސެސްމަންޓެއް އެ ގައުމުގެ ގަޑިން 6:00 ގައި އޮންނާނެ ނަތަންޔާހޫގެ އޮފީހުން ބުނެފި.

19:07

މާދަމާ ރޭ އިސްރާއީލްގެ ރިޝޯން ލެޒިއޯންގައި ބާއްވާ ބެކްސްޓްރީޓް ބޯއީސް ކޮންސެޓް ކެންސަލްކުރަން އަސްކަރިއްޔާއިން ނިންމައިފި.

އިސްރާއީލުގެ ދިފާއީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމް ފްރަންޓް ކޮމާންޑްގެ އޮފިޝަލުންނާއި ރިޝޯން ލެޒިއަން މުނިސިޕަލްޓީ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި މިފިޔަވަޅު އަޅާފައިވާ ކަމަށް.

މި ފިޔަވަޅު އަޅާފައި ވަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން.

18:58

ޣައްޒާ ސިޓީ ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ ޝަހީދުވެ، ގިނަބަޔަކު ޒަހަމްވެއްޖެ.

އެ ސަރަހައްދުގެ ފުޓޭޖުތަކުން ފެންނަނީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި އަލިފާން ރޯވެފައިވާ މަންޒަރު

18:12

ޣައްޒާގައި ހުންނަ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ކޮމާންޑް ސެންޓަރުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި.

އައިޑީއެފް އިން ބުނީ އެ ހެޑްކުއާޓާސް ބޭނުންކުރަނީ އިސްލާމިކް ޖިހާދުގެ ރޮކެޓް އެރޭއިން އިސްރާއީލަށް ހަމަލާތައް ރާވައި ހަމަލާތައް ދިނުމަށް ކަމަށް.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް ހަމަލާދިން ކޮމާންޑް ސެންޓަރުތަކުގެ ތެރެއިން އެއް މަރުކަޒު ބޭނުންކުރީ އެ ސަރަހައްދުގައި އިސްލާމިކް ޖިހާދުގެ ރޮކެޓް އެރޭގެ ކޮމާންޑަރު އަހުމަދު އަލް ހަޝާޝް ކަމަށް އައިޑީއެފް އިން ވަނީ ބުނެފައި.

18:07

އިސްރާއީލްގެ ދެކުނުގައި އޮންނަ ކިބްބުޓްޒް ނަހަލް އޯޒްގައި އިތުރު ރޮކެޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފި

18:06

ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަންޑަގްރައުންޑް ރޮކެޓް ލޯންޗަރަކާއި ޣައްޒާގެ ދެކުނުގައި ހުރި އަސްކަރީ ޕޯސްޓަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި.

އައިޑީއެފް އިން ވަނީ އޭގެ މަންޒަރުތައް އާންމުކޮށްފައި.

މީގެ އިތުރުން އައިޑީއެފް އިން ބުނީ އިސްރާއީލުގެ ޕްރޮޖެކްޓަލްތައް ގޮއްވާލަން އިސްލާމިކް ޖިހާދުން ބޭނުންކުރި ޣައްޒާގެ އުތުރުގައި ހުންނަ މޯޓާ ލޯންޗް ކުރާ ޕޮޒިޝަނަކަށް މަތިންދާ ބޯޓެއްގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް.

17:36

އިސްރާއީލްގެ އަނިޔާވެރިކަން އިތުރުވާނަމަ ގުދުސް ފްލެގް ޑޭ ހިނގާލުން ކުރިއަށްގެންދާނެ ކަަމަށް އިސްލާމިކް ޖިހާދުން ބުނެފި.

17:29

ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލްގެ ދެކުނުގައި އޮންނަ ކްފަރު އަޒާގައި ރޮކެޓް އިންޒާރުގެ ސައިރަންގެ އަޑު އިވެމުންދާ ކަަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފި

17:23

ޣައްޒާގެ އުތުރުން އޮންނަ ބެއިޓް ލަހިޔާއަށް އިސްރާއީލްގެ ވައިގެ ހަމަލާއެއް އަމާޒުވެއްޖެ

17:22

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ އަވަށުގެ ގެއަކަށް މިސައިލް ހަމަލާދީފި

16:59

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އުތުރުގެ އަލްފަޚުރާ ސަރަހައްދުގައި ފަލަސްތީނުގެ އިތުރު ގެއަކަށް ހަމަލާދީފައިވާ ކަމަށް ގުދުސް ނެޓްވޯކް އިން ބުނެފި.

16:59

އިސްރާއީލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ބޮން އަޅަނީ - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
އިސްރާއީލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ބޮން އަޅަނީ - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
އިސްރާއީލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ބޮން އަޅަނީ - ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

16:56

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ ގެއަކަށް ލްސްރެއިލީ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހަމަލާދީފައި

16:37

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގައި ހުންނަ ފަލަސްތީނުގެ ގެއަކަށް އިސްރާއީލުގެ ބާރުގެ ދަށުގައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާތައް ދެނީ

16:35

ޣައްޒާ ބޯޑަރު ކައިރީގައި ވާ ބައެއް އަވަށްތަކުގައި ރޮކެޓް އިންޒާރުގެ ސައިރަންގެ އަޑު އިވެން ފަށައިފި.

އިސްރާއީލުން ފަލަސްތީނުގެ އެންކްލޭވްއަށް ވައިގެ ހަމަލާތައް ދޭން ވަނީ ފަށައިފައި.

16:32

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަމާޒުތަކަށް ވައިގެ ހަމަލާތަކުގެ ދެމުން އަންނަ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން (އައިޑީއެފް)އިން ބުނެފި.

އައިޑީއެފް އިން ބުނީ ޓާގެޓްތަކާއި ބެހޭ އިތުރު ތަފްސީލް ފަހުން ދޭނެ ކަމަށް.

16:30

ފަލަސްތީންގެ ޣައްޒާއާ 40 ކިލޯމީޓަރު (25 މޭލު) ދުރުގައި ދިރިއުޅޭ އިސްރާއީލް މީހުން އެއްވެ އުޅުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ރޭ 8:00 އަށް އިސްރާއީލްގެ ދިފާއީ ބާރުތަކުން (އައިޑީއެފް)އިން އިތުރު ކޮށްފި.

އައިޑީއެފް އިން ބުނީ ފިޔަވަޅުތައް އިތުރުކުރީ ޣައްޒާއިން އިސްރާއީލަށް އަނެއްކާވެސް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން އަސްކަރީ އޮފިޝަލުން ހެދި އެސެސްމަންޓަކަށް ފަހުގައި ކަމަށް.

އެ އުސޫލަށް އަމަލު ކުރާ ވަގުތު ހަމަވާން އޮތީ މިއަދު މެންދުރު ފަހު 2:00 އަށް.

16:27

ތުލްކަރްމްގެ ނޫރު ޝަމްސް ކޭމްޕަށް އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އިއްޔެ ޝަހީދުވި ފަލަސްތީނުގެ އުމުރުން 66 އަހަރުގެ ޣާޒީ ޝިހާބުގެ ޖަނާޒާގެ ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެ.

16:10

އިސްރާއީލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މިއަދު މެންދުރު ފަހު ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުން ގެންދާ މަންޒަރު

16:01

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ވާ ފަލަސްތީނުގެ ގެތައް ބިމާ ހަމަވެފައި
އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ވާ ފަލަސްތީނުގެ ގެތައް ބިމާ ހަމަވެފައި
އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ވާ ފަލަސްތީނުގެ ގެތައް ބިމާ ހަމަވެފައި
އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ވާ ފަލަސްތީނުގެ ގެތައް ބިމާ ހަމަވެފައި

15:13

ޣައްޒާ އިން ފޮނުވާލި ހަމަލާއެއް އިސްރާއީލްގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ނިރް އާމްގައި ހުރި ގެއަކަށް އަމާޒުވެއްޖެ. އެ ވަގުތު އެގޭގައި މީހަކު ދިރި ނޫޅޭ ކަމަށް ރިޕޯޓުތައް ބުނޭ.

15:09

ޣައްޒާ އިން ގުދުސް އަށް ހަމަލާ ދިނުމުން ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި. މިހާރު ދެ ފަރާތުން ވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުން.

15:08

އިސްލާމިކް ޖިހާދުގެ ހަތަރު ސައިޓަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނެފި. މި ހަމަލާތައް ދިނީ ޣައްޒާ އިން ގުދުސް އަށް ހަމަލާ ދިނުމުން.

15:07

ޣައްޒާ އިން ފޮނުވާލި ރޮކެޓެއް އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ސެރޮޓް އަށް ފޮނުވާލައިފި. މި ހަމަލާ އަމާޒުވެފައި ވަނީ އިސްރާއީލްގެ މީހުން ދިރިއުޅޭ ގެއަކަށް. އެކަމަކު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ.

15:04

ޣައްޒާ އިން ގުދުސް އަށް ހަމަލާ ދިނުމާ ގުޅިގެން ރައްދުގައި އިސްރާއީލް ސިފައިން މިހާރު ދަނީ ވައިގެ މަގުން ޣައްޒާ އަށް ހަމަލާތައް ދެމުން.

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 31 އަށް އަރައި، ޒަހަމްވި މީހުންގެ އަދަދު 90 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މި ހަމަލާތަކުގައި މިހާތަނަށް އައިއިރު ޝަހީދުވެފައިވަނީ 20 ފިރިހެނުންނާއި ތިން އަންހެނުންނާއި ހަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ދެ މީހުންނެވެ.

ފަލަސްތީނުގެ ޣައްޒާ އިން ފޮނުވާލަމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އެކަކު ވަނީ މަރުވެފައެވެ. އަދި އިތުރު ބަޔަކު ވެސް ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އެޅުމާ ގުޅިގެން ރައްދުގައި އިސްލާމިކް ޖިހާދުގެ މުޖާހިދުން ވެސް ރޮކެޓު ހަމަލާތައް އިސްރާއީލަށް ފޮނުވާލާފައިވެއެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަމަލާތައް ބަދަލުތައް ކުރާތާ މިއަދަށް ވަނީ ތިން ދުވަސްވެފައެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގައުމުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ބުނެފައެވެ. އަދި އިސްރާއީލްގެ މީހުންނަށް އަނިޔާ ކުރަން އަންނަ މީހުންގެ ގައިން "ލޭ އޮހޮރުވާލާނެ" ކަމުގެ ޔަގީން ކަން ނަތަންޔާހޫ ވަނީ ދީފައެވެ