އިންޑިއާގައި އަނެއްކާވެސް ރޭލު އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އޮޑިޝާގައެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި އޮޑިޝާގައި ރޭލެއް ދަގަނޑުން ކަހާލާއިގެން އެކްސިޑެންޓެއް ހިނގާފަައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައި ނުވާ ކަަމަށް ވެއެވެ.

މި ރޭލަކީ މުދާ އުފުލައިގެން ދަތުރު ކުރަމުންދިޔަ ރޭލެކެވެ.

އީސްޓް ކޯސްޓް ރޭލްވޭއިން ބުނީ ޕްރައިވެޓް ސިމެންތި ފެކްޓްރީއަކުން ބޭނުން ކުރަމުންދާ މުދާ އުފުލާ ރޭލެއްގެ ކަހާލާގައިގެން ގޮސް ރޭލު ފްކްޓްރީގެ ގޯތި ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. މިއީ ރޭލްވޭގެ ސަބަބުން ދިމާވި އެކްސިޑެންޓެއް ނޫން ކަމަށްވސް ބުނެފައި ވެއެވެ.

މީގެ ދެ ދުވަސް ކުރިންވެސް އިންޑިއާގައި ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގިއެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯ ސަރަހައްދުގައި އެ ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓަކީ ފަހުގެ ތާރީހެއްގައި ވެސް އެގައުމުގައި ހިނގާދިޔަ ރޭލު އެކްސިޑެންޓްތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ދުއްވާފައި ދިޔަ ރޭލެއް ޕާކު ކޮށްފައި އޮތް ރޭލެއްގައި އަޅައިގަނެގެން ހިނގާ ދިޔަ މި އެކްސިޑެންޓްގައި 200 އަށްވުރެ ގިނަ މީހަކު މަރުވެފައިވާއިރު، 900 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.