އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، ދެކުނު އިންޑިއާ ކަނޑަށް އައިސްފައި ވަނީ 6.0 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.

މި ބިންހެލުން އައިސްފައި ވަނީ މާލެއާ 1748 ކިލޯމީޓާރު ދުރަށެވެ.

މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑް ބާރުމިނުގައި ކަމަށެވެ. މި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ މި ބިންހެލުން އައިސްފައި ވަނީ ޑަންޑަމެން އެންޑް ނިކޯބާ އައިލެންޑްގެ ކެމްޕްބެލް ބޭއާ ހުޅަނގު ދެކުނުން 967 ކިލޯމީޓަރު ދުރަށް ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު