އެމެރިކާގެ ސްޓޫޑެންޓް ލޯންތައް ދެއްކުމުގެ ގާބިލިއްޔަތުކަން ނެތް އެތަކެއް ދަރިވަރުންނަށް ލޯން މައާފް ކުރުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ހުށަހެޅި ޕްލޭނަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުރަސް އަޅައިފިއެވެ.

ބައިޑަންގެ ޕްލޭންގެ ދަށުން ލޯނު ނަގާ މީހަކަށް ގާތްގަނޑަކަށް 10،000 ޑޮލަރު (7،800 ޕައުންޑް) އަދި ބައެއް ހާލަތްތަކުގައި 20،000 ޑޮލަރާއި ހަމައަށް މައާފު ލިބޭނެއެވެ. މި ނިންމުމުގެ އަސަރު އެމެރިކާގެ 40 މިލިއަނަށްވުރެ ގިނަ މީހުންގެ ލޯނަށް ކުރާނެއެވެ. އެކަމުގެ ސަބަބުން އެމެރިކާގެ އާންމުން "ރުޅިއައިސްފައިވާ" ކަމަށް ބައިޑަން ފާހަގަކުރެއްވިއެވެ.

ބައިޑަން ވަނީ މިހާރު ހުރި އެހެން ގާނޫނުތަކާއި ސިޔާސަތުތައް ބޭނުންކޮށްގެންވިޔަސް ޔުނިވާސިޓީތަކުގެ ދަރަނި ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް އަޅަން ވައުދުވެވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއ ގުޅިގެން ވައިޓް ހައުސްގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ "އަޅުގަނޑަށް އެނގޭ މިކަމުގެ ސަބަބުން މި ގައުމުގައި މާޔޫސްވެ ހިތްވަރު ގެއްލި ނުވަތަ ކުޑަކޮށް ރުޅި އަންނަ އެތައް މިލިއަން އެމެރިކާ މީހުންނެއް އެބަތިބިކަން. އަޅުގަނޑު ވެސް އެކަން ގަބޫލުކުރަން" ކަމަށެވެ. މާލީ ބުރަ ލުއިކޮށްދިނުމަށް އެހީތެރިވުމަށް ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންއާ ގުޅިގެން އެހެން މަގެއް ހޯދުމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ. "މިއަދުގެ ނިންމުމުން އެއް މަގު ބަންދުވެއްޖެ. މިހާރު މިދަނީ އަނެއް މަގު ހޯދަން،" އޭނާ ވިދާޅުވިއެވެ.

ފާއިތުވި 15 އަހަރު ތެރޭގައި ފެޑެރަލް ދަރިވަރުންގެ ޖުމްލަ ދަރަނި ތިން ގުނައަށްވުރެ އިތުރުވެފައިވާއިރު، 2007 ވަނަ އަހަރު ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރުން މިއަދު 1.6 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިދިޔަ އަހަރު އެމެރިކާގެ ޓްރެޜަރީން ވަނީ ލޯނު މާފުކުރުމުގެ ޕްރޮގްރާމާ ގުޅިގެން 300 މިލިއަން ޑޮލަރުގެ ހަރަދުތަކުގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައި ފައިސާ ދެއްކުން މަޑުޖައްސާލުމާ ގުޅިގެން އިތުރު ހަރަދުތައް ފޫބެއްދުމަށް 430 ބިލިއަން ޑޮލަރުގެ ޗާޖެއް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ރާއްޖޭގަ ގާނޫނުއަސަސިއާއި ހިލާފު އެތައްކަމެއް މިގައުމުގެ ރައީސުން ވަނީ ކޮށްފަ މިގައުމު ދަރަނިވެރި ވެފައިވާ މައްސަލަ ހައްލުކުރުމަށް 2008 ންފެށިގެން ވެރިކަންކުރި އެންމެން ހައްޔަރުކޮށް ތަހުގިގު ފަށަންޖެހޭ،