ސްވީޑަންގައި ގުރުއާން އެންދި މައްސަލައިގައި ޕާކިސްތާނުގައި ހުކުރު ދުވަހު މުޒާހަރާ ކުރަން ނިންމައިފިއެވެ.

ޕާކިސްތާންގައި މުޒާހަރާ ކުރަން ނިންމީ ޕަކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. އަދި އަންނަ ހުކުރު "ޔައުމުއް ތަގައްދުސް" ގެ ނަމުގައި މުޅި ޕާކިސްތާނުގައި މުޒާހަރާއެއް ބާއްވާނެއެވެ.

އެ މުޒާހަރާގައި ޕާކިސްތާނުގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވުމަށް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ބޮޑުވަޒީރު މީގެ ކުރިން ވަނީ ގުރުއާން އެންދި މީހާއަށް ވަގުތުން ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވައިފައެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ.

އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ސަލްވަން ބުނީ ގުރުއާން އެންދުމުގައި އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން ސްވީޑަންގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ.

ގުރުއާން އަންދަން ބޭނުންވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކުރަން ކަމަށާއި ހިޔާލު ފާޅުކުރުން ހުއްޓުވައިފި ނަމަ އެންމެންނަށް ވެސް އޭގެ ނުކުރައްކާ އޮންނާނެ ކަމަށް ސަލްވަން ބުންޏެވެ.

ސަލްވަން މޮމިކާ އީދު ދުވަހު ގުރުއާން އެންދިއިރު ސްވިޑަންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.

ސަލްވަން މޮމިކާ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ގުރުއާން އެންދި މައްސަލައިގައި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުލި

    ސްވިޑަންްގައި ގުރުއާން އެންދި މީހަކީ އިރާގުގެ އަރައްބެއް މިސަރުކާރު އައިފަހުން މިރާއްޖޭގަ ގުރުއާން ވީދުމާއި ގުރުއާނަށް ރަތްކުޅުޖެހުމާއި މިސްކިތްތަކަށް 2ކަމުހާޖަތަށް ދިއުމާއި އޮރިޔާމުން ނާޗަރަންގީކުޅުމާއި މިކަންކަމީ އާއްމުކަމަކަށްވެފައި ވިއިރު މިސަރުކާރު އަޑީގައިއޮވެ ގުރުއާން އަންދަންއުޅެފާނެ ކަހަލަވެ

    3
    1
  2. ކައްޒާބު

    މުޒާހަރާ ކުރުމަކުން ސްވިޑްން އަށް އަސަރު ކުރޭތަ…ރޮކެޓް ތަކުން މުޒާހަރާ ކޮއްބަ..ހިރަފުސް ބުރުވާލަން ޖެހޭނީ..އެހެންނޫނީ މާދަމާވެސް އަންދާނެ..

    2
    1