ފަލަސްތީނުގެ ޣައްޒާ އިން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ފޮނުވާލަމުންދާތީ އޭޝިއާގެ ގައުމުތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލްކޮށްފިއެވެ.

އޭޝިއާގެ ބައެއް އެއާލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލް ކުރީ އެ ގައުމުގެ ސަލާމަތީ ހާލަތު ހުރި ކަމަށް ބުނެއެވެ.

ޗައިނާ އާއި އިސްރާއީލާ ދެމެދު ދަތުރުކުރާ ޗައިނާގެ ހަމައެކަނި އެއާލައިން ހައިނާން އެއާލައިންސް އިން މިދިޔަ ހޯމަ ދުވަހު ޝަންހާއީ އާއި ތެލް އަވީވްއާ ދެމެދު ކުރާ ދަތުރުތައް ކެންސަލް ކޮށްފައިވާއިރު ކެތޭ ޕެސިފިކް އިން ވެސް ވަނީ އަންގާރަ ދުވަހު ހޮންކޮންގާއި ތެލް އަވީވްއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ.

ކޮރެއަން އެއާގެ ބަނދަރުސިޓީ އެއް ކަމަށްވާ އިންޗޯން އާއި ތެލްއަވީވްއާ ދެމެދު ކުރި ދަތުރު ކެންސަލްކޮށް، ކުރިއަށް އޮތް ތަނުގައި ކުރާ ފްލައިޓްތައް ބާއްވާނެ ކަމަށް އެގައުމުގެ އެއާލައިނުން ބުނެއެވެ.

އޭޝިއާގެ ގައުމުތަކުން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި މިވަނީ މިހާރު އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެންނެވެ.

ދެ ގައުމުގެ ހަމަލާ ބަދަލުކުރުންތައް ފަށާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާތައް ދޭން ފަށާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކު ޝަހީދު ކުރަމުން އަންނާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.