ޖަރުމަނުން ފަލަސްތީނަށް ދޭ އެހީ މެދުކަނޑާލާފައިވާ ކަމަށް ބުނެފިއެވެ. މީގެ ކުރިން އޮސްޓްރިއާއިންވެސް ވަނީ އެހީ ދިނުން މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.

ޖަރުމަނުގެ ޑިވެލޮޕްމަންޓް މިނިސްޓަރު ސްވެންޖާ ޝުލްޒޭ ވިދާޅުވީ މިވަގުތު އެއްވެސް ފައިސާއެއް ދެމުން ނުގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ހަނގުރާމައެއްގެ ތެރޭގައި ކަމަށްވާތީ، އަޅުގަނޑު މިވަގުތު ފްރީޒް ކުރުމުގެ ލަފުޒު ބޭނުން ނުކުރާނަން. ނަމަވެސް މި ނިންމުމަކީ މިހާރު މި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ނިންމި ނިންމުމެއް ނޫން.". ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ.

ފަލަސްތީންގެ ޣައްޒާ އާއި އިސްރާއީލާއި ދެމެދު ހަނގުރާމަ ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ހަނގުރާމައިގައި ދެ ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ އަސްލު ޓެރަރިސްޓުންނަށް މަދަދުދޭ މީހުން. އެހީ ކަނޑާލުމުގައި ފަލަސްތީނުގެ އޮތީ ކޮން ކުށެއް!

    16
    1
    • ކަސީނާ

      ކާފަރުން ކާފަރުންނަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލް ބޭނުންގޮތަށް ފަލަސްތީނަށް އެހީދިނުން ހުއްޓާލަނީ އެކަމަކު މުސްލިމުން މުސްލިމުންނަށް އެހީވުމުގެ ގޮތުން ކުރާ އެއްވެސް ކަމެއް ނެތް.ދެރަ ކަމަކީ މީ

  2. Anonymous

    ޖަރުމަނުގެ މީހުންގެ ރިޒްޤުވެސް ބަންދު ކުރައްވަން އެކަލާނގެ ކުޅަދުންވަންތަ

    10