އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަނީ ގަތުލު އާންމެއް ކަމަށް ތުރުކީން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ، ހަމާސްއާއި ދެކޮލަށް އިސްރާއީލުން ޣައްޒާ ބަންދުކޮށް، ދެމުން އަންނަ ބޮމުގެ ހަމަލާތަކަކީ ގަތުލު އާންމެއް ކަމަށެވެ. އަދި ހަނގުރާމައިގައި ވެސް އަހުލާގެއް އޮންނާނެ ކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ފެށުނު އެ ހަނގުރާމަ އެކަމާއި ހިލާފުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުންނަށް ޒަރޫރީ ބޭނުންތަކުން މަހުރޫންކޮށް، އާންމުން ދިރިއުޅޭ ގެތަކަށް ބޮމުގެ ހަމަލާދީ، ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމަކީ އެއީ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި އެއީ ގަތުލު އާންމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާއާއި އަކީ ހަނގުރާމައިގެ އުސޫލުތަކާއި ހިލާފު ހަމަލާއެއްކަން ފާހަގަކޮށް، އުރުދުޣާން ވަނީ ކަމުގެ ދެކޮޅު ނުބަލައި އެއްވެސް ގައުމަކުން ވަކި ކޮޅަކަށް ނޭރުމަށް ގޮވާލާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ހަނގުރާމަ ފެށިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދޭން ފެށި ހިސާބުންނެވެ. ހަމާސް ޖަމާއަތުން ބުނާ ގޮތުގައި އެޖަމާއަތުން ހަމަލާތައް ދޭން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކަށް އަނިޔާކޮށް، ޝަހީދު ކުރަމުން އަންނާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހުސްވާހަކަ ތީ މުސްލިނުންގެ ލޮލުގައި އަޅުވާ އަދުނެއް

  2. ބަރުބަރީ

    އުރުދުޣާން ކޮންމެ ފަހަރަކު ނޫހަށް އަރަން މޮޅު ވާހަކަ ދައްކާފަ ވާ ކަމެއް ނޯވެ. ތިހެން ބުނަން ކެރޭނެ އަހަރުމެނަށްވެސް. ގަޓެއް ހުރިއްޔާ ތުރުކީ ރައްޔިތުންގެ އަޑު އަހައިގެން އެމީހުންގެ އެބުނާހެން އިޒްރޭލަށް ހަމަލައެއް ދީބަލަ. ނޫނީ ސިފައިން ފޮނުވަބަލަ ފޮނި ވާހަކަ ނުދައްކާ

  3. އއއއ

    ފަލަސްތީނުގެ ވާހަކަތަކަކީ އިސްލާމުންނޭ ކިޔާ ސިޔާސީމީހުން ވެރިކަމައް އަންނަން ބުޅީގައަޅާ އެންގަޑެއް !!!!!!މަސްބާނުނީމަ އެންގަނޑުގެ ބޭނުމެއް ނޯވޭ . !!!!