ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި އީރާންގެ ރައީސް އިބްރާހިމް ރައިސީ ފޯނުން ގުޅުވައި ފަލަސްތީންގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއީ މާޗް މަހު ސައުދީ އަރަބިއްޔާ އާއި އީރާނުން އަލުން ހާރިޖީ ގުޅުން ގާއިމުކުރި ފަހުން ދެބޭފުޅުން ފޯނުން މަޝްވަރާ ކުރެއްވެވި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނީ އީރާންގެ ރައީސް ރައިސީގެ ފޯން ކޯލެއް ބުދަ ދުވަހު ވަލީއަހްދު މުހައްމަދު އަށް ލިބިވަޑައިގެންފައިވާ ކަމަށާއި ދެބޭފުޅުން މަޝްވަރާ ކުރެއްވެވީ ފަލަސްތީން އާއި ޣައްޒާގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅޭ ގޮތުން ބައިނަލްއަޤުވާމީ ހުރިހާ ފަރާތްތަކަކާއި އެކު ވެސް ސައުދީ އަރަބިއްޔާ އިން މަޝްވަރާތައް ކުރަމުން ގެންދާ ކަމަށް މުހައްމަދު ވަނީ ރައީސީ އަރިހު ދަންނަވާފައި ކަމަށް ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނެއެވެ. "ސައުދީ އަރަބިއްޔާ އޮންނާނީ ފަލަސްތީނަށް ތާއިދު ކުރުމުގައި ކަމަށް ވަލީއަހްދު މުހައްމަދު ދެންނެވި." ނޫސް އެޖެންސީން ބުންޏެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނީ ދެބޭފުޅުން ވަނީ ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހަމާސް އިން މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާއެއްގައި އިސްރާއީލުން 1200 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ރައްދުގައި އިސްރާއީލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި ޣައްޒާ އިން މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަކުރު

    ޤައްޒާގެ ހުރިހާ އެންމެން ޝަހީދުވެ އިމާރާތްތައް ހަފުސްވީމަ އިދިކރިޔާ ފޯނުކޯލް އަކުން ހާލުއަހާލީ،

  2. އއއއ

    ތިޔައިން އެއްވެސްމީހަކީ ތިމާނޫން އެހެންމީހެއްގެ ހައްގުގަ ސީދާ މަސައްކަތެއް ކުރާވަރައްވުރެ މުނާފިގު ފިނޑިން. !!!

  3. ފާސީ

    އަބަދުވެސް އޮންނަނީ ހުސް މަޝްވަރާ.. ކީއްކުރަން އުފަައްދާފަ ސުޓޮކު ކުރާހާ ހަތިޔާރެއްތޯ އަދި ކީއްކުރަން ޓުރެއިނިންދީފައި ބައިތިއްބާ ސިފައިންނަކާއި އަސްކަރިއްޔާއެއްތޯ މި ގައުމުތަކުގައި. ކީއްވެތޯ ތުރުކީ ސައުދީ ގަތަރު ޔޫއޭއީ ލުބުނާން އިރާންގެ އަސްކަރިއްޔާތަށް އެއްވެލާފަ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން މިކަމުން މިންޖުނުކުރެވިގެން އުޅެނީ. އިސްލާމީ ހުރިހާ ގައުމަކާއި ދެކޮޅަށް ހުޅަނގަކަށް ނުނިކުމެވޭނެކަން އެބަ އިނގޭނޫންތޯ.

  4. ކިޔުންތެރިޔާ

    ﷲ ކަލޭމެންނަށް ލަޢުނަތްލެއްވުމަށް އެދި ދުޢާކުރަން. މުއްސަނދިކަންމަތީ ކިހާދުވަހަކު އުޅެވޭނެކަމަށް ތިހީކުރަނީ!

    4
    1