އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ޓޭންކުތަކުގައި ފަލަސްތީނުގެ ޣައްޒާ ދެ ހޮސްޕިޓާލެއް ވަށާލައިފިއެވެ.

ޔަހޫދީން ވަށާލާފައި ވަނީ އަލް-ރަންތިސީ ހޮސްޕިޓަލާއި އަލް ނަސްރު ހޮސްޕިޓަލެވެ. އެގޮތުން އާންމުވެފައިވާ އެއް ވީޑިއޯ ފޫޓޭޖުން ފެނިގެން ދަނީ އިސްރާއީލްގެ ޓޭންކުތަކެއް އަލް-ރަންތިސީ ހޮސްޕިޓަލް ކޮމްޕްލެކްސްގައި އޮތް ތަނެވެ. މި ދެ ހޮސްޕިޓަލް ވެސް ހުންނަނީ ޣައްޒާ ސިޓީގެ ވަރަށް ކައިރި ހިސާބެއްގައެވެ.

ފަލަސްތީނުގެ ނޫސްވެރިން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އިސްރާއީލްގެ ޓޭންކުތަކާއި ވެހިކަލްތައް އަލް-ރަންތިސީ ހޮސްޕިޓަލް ވަންނަ މައި ގޭޓް ކައިރީ ވެސް އެބައޮތެވެ. އަދި އެ ސަރަހައްދުން ބަޑީގެ ހަމަލާތައް ބަދަލު ކުރެވެމުންދާ އަޑު ވެސް އިވިފައިވެއެވެ.

މީގެއިތުރުން އަލް ނަސްރު ހޮސްޕިޓަލުން ނުކުންނަން ދިޔަ ފަލަސްތީނުގެ ރައްޔިތުންނާ ދިމާލަށް ބަޑި ޖެހުމާ ގުޅިގެން އެ ރައްޔިތުން ވަނީ އަނބުރާ ހޮސްޕިޓަލަށް ވަދެފައެވެ.

ރޭގެ ވަގުތެއްގައި އިސްރާއީލުން ވަނީ އަލް-ރަންތިސީ ހޮސްޕިޓަލް ކައިރި އަށް ވައިގެ މަގުން ހަމަލާ ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން ތިކިޔާ އަރަބި މުއްސަނދި ޤައުމުތައް ކޮބާތަ.

    ދަރުސެއްގައިވެސް "އަންދަލުސް ޝައިޚް" ކިޔާއަޑުއިވުނު އީރާނޭ، ޝިޔައީންނޭ، ހެވެއް ނޭދޭނޭ. ކޮން ބޭކާރު ވާހަކަތަކެއް.

    ސައުދީއޭ ކިޔާފަ އެއްޗެއް ބުނެލަން ނުކެރުނުތާ އިސްލާމީ އުންމަތޭކިޔާފަވެސް އެއްޗެކޭ ނުބުނެވުނު. ސައުދީގެ ރަސްކަމާމެދު ބަހެއް ބުނެފިނަމަ އުމްރާއަކަށް ހައްޖަކަށް ނުދެވޭނެވިއްޔާ. ލޮލް

    ދެން ތިބޭ ހަދާނެ އެއްޗެއް ހަދަންދެން ބަލަން. ބޭކާރު ބްރޭކިންތަކެއް ކިއުމުގެ ބޭނުމެއްނެތް 100 އަހަރު ވަނީ ވިއްޔާ މިކަމެއްގައި

    7
    1
    • ހަސާނާ

      ދެން ބޮޑުވަރުތީ މުސްލިމުންނަށް ދެރައެއް ހިތާމައެއް ކުރިމަތި ވާއިރައް މަލާމާތާ ފުރަށްސާރާ ކުރަން ތިޔަ ފަށަނީ. ބަލަގަ ފަލަސްތީނުގެ ބިމާ މިސްކިތުގެ ދިފާއުގައި ހަނގުރާމަ ކުރާ މުސްލިމުންނީ ފަހުރުވެރި އިއްޒައްތެރިން. މިގައުމުގައި ތިއްބި އިލްމުވެރިންނީ އިހްލާސްތެރިން އެބޭފުޅުންގެ ވާޖިއަދާކުރޭ Anonymous ހިތައް ކުޅަދާނައީޔާ އިލްމުވެރިންކައިރީ އަހާ އޮޅުންފިލުވާ. ނޭގި އަނދަލުސް ސޭހޭ އަނެކައްޗެކޭ ކިޔާ ފުރައްސާރަ ނުކުރޭ.