ފަލަސްތީނުގެ ޣައްޒާ އަށް ދިމާވެފައިވާ ދަތިކަން ފިލުވާލުމަށް ލީޑް ރޯލެއް އަދާކުރަން ބޭނުންވާ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓަރު ޔޯކޯ ކަމިކާވާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ޣައްޒާގައި ވަރަށް ބޮޑަށް އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ. އަދި އިސްރާއީލާއި ފަލަސްތީނު ވަކިން މިނިވަން ދެ ދައުލަތެއް ގާއިމް ކުރުމަށް އެހެން ގައުމުތަކާ އެކު ވެސް ޖަޕާނުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިންސާނީ ހާލަތު ރަނގަޅުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އެކަމުން އަރައިގަތުމަށް އެހީތެރިވުން، އަދި ދެ ދައުލަތުގެ ދިގު މުއްދަތަކަށް ގާއިމުކޮށް ދިނުމަށް މަސައްކަތްކޮށް ދޭނަން،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ތުއްތު ކުދިންނާއި އަންހެނުން މެރުން ހުއްޓާލަން ޖެހޭ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބީބީސީއަށް ދިން ބަސްތީގަތުމެއް ގައިވެސް ވަނީ ވިދާޅުވައެވެ.

އެލިސީ ޕެލަސްގައި ދިން ހާއްސަ ބަސްތީގަތުމެއްގައި އޭނާ ވިދާޅުވީ ބޮން ގޮއްވާލުމުގެ "އެއްވެސް ޖަސްޓިފިކޭޝަނެއް" ނެތް ކަމަށާއި ހަނގުރާމަ ހުއްޓާލުމުން އިސްރާއީލަށް ފައިދާ ކުރާނެ ކަމަށާއި އަދި އިސްރާއީލަށް އަމިއްލައަށް ރައްކާތެރިވުމުގެ ހައްގު އޮތްކަން ގަބޫލުކުރާއިރު، ޣައްޒާގައި މި ލޭއޮހުރުވުން ހުއްޓުވުމަށް ފުރާންސުން އިލްތިމާސް ކުރާ ކަމަށެވެ.

ޣައްޒާގައި ހިނގާ ހަނގުރާމައާ ބެހޭ ގޮތުން ޕެރިހުގައި ބޭއްވި އިންސާނީ އެހީގެ ކޮންފަރެންސެއްގެ ފަހު ދުވަހު ވާހަކަ ދައްކަމުން މެކްރޮން ވިދާޅުވީ އެ ސަމިޓުގައި ބައިވެރިވި ހުރިހާ ސަރުކާރުތަކާއި އިދާރާތަކުގެ ސާފު ނިންމުމަކީ، ފުރަތަމަ އިންސާނީ އެހީ މަޑުޖެހުމެއް ނެތި ޣައްޒާ އަށް ލިބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދ

    އަވަސްކުރޭ . އިޒުރޭލު ކޯޓަށް ގެންދަންވާނެ މިފަހަރު ޖަޕާނުން. ފެނެއެއްނު އެމީހުން ގެ ޖނވރ ކަން

  2. ރާއްޖެތެރެ

    ފަލަސްތީން ވަޝައިގެން ވާ ގައުމުތަ އިޒުރޭލާ އެކީ ޑީލްތައް ހަދަނީ. އެ ގައުމުތައް ވަރައް ކަޑައް

  3. މީހާ

    ދަތިކަމަކީ މިނިވަންކަން އިސްރާއީލް ޓެރަރިސްޓުންކަމަށްއެއްބަސްވެ ފަލްސްތީންގެމިނިވަންކަމަށް އެއްބަސްވޭ. ނިއުކްލިއަރބޮން އަޅާފާނެތީ އެމެރިކާދެކެތިގަންނަބިރު ދޫކޮށްލާފައި ހައްޤަށް އިޢުތިރާފްވޭ.