ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ މީހުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީ އިސްރާއީލުގެ ނިރުބަވެރިން ދިން ހަމަލާއެއްގައި 26 މީހުން ޝަހީދުވެެއްޖެއެވެ.

މިއީ ޚާން ޔޫނުސްއަށް އިސްރާއީލުގެ ނިރުބަވެރިން ދިން ނުރައްކާތެރި ވައިގެ ހަމަލާއެކެވެ.

ނާސިރު ހޮސްޕިޓަލްގެ ޑިރެކްޓަރު އޭފްޕީއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ހައްމާދުގައި މީހުން ދިރިއުޅޭ އިމާރާތަށް ދިން ހަމަލާގައި 26 މީހެއްގެ ހަށިގަނޑާއި ސީރިއަސް ޒަހަމްތަކާ އެކު 23 މީހަކު އެ ފެސިލިޓީއަށް ލިބިފައިވާ ކަމަށެވެ.

ޣައްޒާގައި މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީފައި - ފޮޓޯ: ގުދުސް ނެޓްވޯކް

މި ހަމަލާއާ ގުޅުން ހުރި އިތުރު މައުލޫމާތު އަދި ނުލިބެއެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 12،000 އަށް މިހާރު ވަނީ އަރައިފައެވެ.

އިސްރާއީލް ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ، ޖެނެރަލް އިސްމާއީލް ތަވާބްތާ ވިދާޅުވީ، މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން މިހާތަނަށް 12،000 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 11،000 އަށް އަރާފައިވަނީ މީގެ ހަފްތާއެއް ހާ ދުވަސް ކުރިންނެވެ.