ސިސްޓަމް ފެއިލްވުމުގެ ސަބަބުން މުޅި ސްރީ ލަންކާއިން ކަރަންޓު ކެނޑިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ ކަރަންޓު މޮނޮޕޮލީ ކަމަށްވާ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން މިހާރު ދަނީ ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެ މައްސަލަ ދިމާވީ ކިހިނެއް ވެގެން ކަމެއް އަދި ނޭނގޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވާއިރު، ކަރަންޓު މައްސަލަ ހައްލު ކުރުމަށް އޮޕަރޭޝަންތައް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު