ކުންފުނީގެ ޚަރަދު ކުޑަކުރުމަށް "ރޯލް އެލިމިނޭޝަން" ގެ ދަށުން ގޫގުލް އިން އެތައް ސަތޭކަ މީހުން ވަޒީފާއިން ވަކިކޮށްފިއެވެ.

ގޫގުލް އިން ޑިޖިޓަލް އެސިސްޓެންޓާއި ހާޑްވެއާ އަދި އިންޖިނިއަރިން ޓީމުތަކުގައި މަސައްކަތްކުރާ އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އެ ކުންފުނިން މިވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ވޮއިސް ބެސްޓް ގޫގުލް އެސިސްޓެންޓާއި އޮގްމެންޓެޑް ރިއަލިޓީ ހާޑްވެއާ ޓީމުގައި މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ. އަދި އެ ކުންފުނީގެ ސެންޓްރަލް އިންޖިނިއަރިން އޯގަނައިޒޭޝަންގެ މުވައްޒަފުންވެސް ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ.

ގޫގުލްގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނި ހިންގުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ޚަރަދު ކުޑަ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. 2023 ވަނަ އަހަރު ދެވަނަ ކުއާޓާއިން ފެށިގެން ކުންފުނިން ގެންނަމުންދާ ބަދަލުތަކަކީ ކުންފުނީގެ މަންފާއަށް އަދި އޭގެ ސަބަބުން މުވައްޒަފުންގެ ވަޒީފާތައް ގެއްލުނަސް އެހެން ފުރުސަތުތައް ހޯދައިދޭ ގޮތަށް ކުރެވެމުންދާ މަސައްކަތެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދުނިޔޭގެ ފެންވަރުގައި ބައެއް ރޯލް އެލިމިނޭޝަންތައް އޮގަނައިޒޭޝަންތަކުން ގެންގުޅެއެވެ. އޭގެ ދަށުން މުވައްޒަފުން ބަދަލުކުރުމާއި މުވައްޒަފުން މަދުކުރުމަކީ މުހިންމު ފިޔަވަޅެއް ކަމުގައި ގޫގުލްއިންވެސް ދެކެއެވެ.

ސެމާފޯ އިން އެންމެ ފުރަތަމަ ވަޒީފާއިން ވަކިކުރި މައްސަލަ ގޫގުލް އެސިސްޓެންޓް ޓީމަށް ރިޕޯޓް ކުރިއިރު، އެންމެ ފުރަތަމަ ވަޒީފާއިން ވަކިކޮށްލީ ހާޑްވެއާ ޓީމުގެ މުވައްޒަފުންނެވެ. އެ ޓީމުން 9 މުވައްޒަފުން އެއްފަހަރާ ވަކިކުރެވުނެވެ. މުވައްޒަފުންނަށް މި ޚަބަރު ލިބުމުން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރިއެވެ. އެހެންކަމުން ގޫގުލްގެ އެހެން ތަންތަނުގައި ހުޅުވާލެވިފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ދިޔައީ ބުނަމުންނެވެ.

މުވައްޒަފުންގެ ވަޒީފާ ގެއްލުމާއި ގުޅިގެން ބައެއް މުވައްޒަފުން ތަމްސީލުކުރާ އަލްފާބެޓް ވޯކަރސް ޔޫނިއަނުން ވަނީ އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޔޫނިނއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ ފައިދާއަށް ކޮންމެ ދުވަހަކަުވެސް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ މުވައްޒަފުން އެގޮތަށް ވަކިކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް ކަންބޮޑުވުން ފާޅުކުރާނެ ކަމަށެވެ.

"އަހަރެމެންގެ މެމްބަރުންނާއި ޓީމް މެމްބަރުން ކޮންމެ ދުވަހަކު ވެސް ބުރަކޮށް މަސައްކަތް ކުރަނީ އަހަރެމެންގެ ޔޫޒަރުންނަށް މޮޅު ޕްރޮޑަކްޓްތަކެއް ބިނާކުރުމަށް، އަދި ކޮންމެ ކުއާޓަރެއްގައި ބިލިއަން ޑޮލަރު ހޯދަމުން ވެސް އެކުގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ވަކިކުރުން ކުރިއަށް ނުގެންދެވޭނެ، އަހަރެމެންގެ ވަޒީފާތައް ރައްކާތެރި ނުވާހާ ހިނދަކު އަހަރެމެން މުޒާހަރާ ހުއްޓާނުލާނަން!" އެ ޔޫނިއަނުން ބުންޏެވެ.