50 އަހަރަށް ބޭނުން ކުރެވޭނެ ބެޓެރީއެއް ޗައިނާގެ ކުންފުންޏަކުން އުފައްދައިފިއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބެޓަވޮލްޓު އިން ވަނީ ނިއުކުލިއަރ ހަކަތަ ބޭނުން ކޮށްގެން 50 އަހަރު ވަންދެން އެއްފަހަރު ވެސް ޗާޖުކުރަން ނުޖެހޭ މޮޅު ބެޓެރިއެއް އުފައްދާފައެވެ. ނިއުކުލިއަރ ހަކަތައިން ބާރު ފޯރުކޮށްދޭ މި ބެޓެރި އަކީ 63 ނިއުކްލިއަރ އައިސޮޓޯޕް އިން އުފައްދާފައިވާ ބެޓެރީ އެކެވެ. މި ބެޓެރީގެ ބޮޑުމިނަކީ ރުފިޔާ ފޮއްޗެއްގެ ބޮޑު މިނެވެ.

މި ބެޓެރި އުފެއްދި ކުންފުނި ކަމަށްވާ ބެޓަވޮލްޓް އިން ބުނެފައިވަނީ މި މަސައްކަތަކީ އެ ކުންފުނީގެ ޑިވެލޮޕްމެންޓް ޓީމަށް ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނު މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކުންފުނިން މި ވަނީ އެޓޮމިކް އެނާރޖީ ބޭނުންކޮށްގެން މަސައްކަތް ކުރާ ދުނިޔޭގެ ފުރަތަމަ ބެޓެރި އުފައްދާފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މިއީ ދުނިޔޭގެ އިލެކްޓްރޯނިކްސް ގެ އިންޑަސްޓްރީ މުޅިން ބަދަލުކޮށްލައި، ބޮޑު އިންގިލާބެއް މި ދާއިރާއަށް ގެނުވާނެ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

މި ބެޓެރީ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގައި ހަރުކުރަން ރައްކާތެރިތޯ ބެލުމަށް ކުރެވޭ ފަހުގެ ޓެސްޓުތައް މިހާރު ކުރިއަށްދާ ކަމަށާއި މި ޓެސްޓުތައް ނިމުނުހާ އަވަހަކަށް ބެޓެރީތައް އިންޑަސްޓްރީގައި ބޭނުން ކުރުމަށްޓަކައި ގިނައިން އުފެއްދިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މޯބައިލް ފޯނުތަކަށާއި ޑްރޯންތަކަށް މިއީ އިންގިލާބެއް ގެނުވާނެ އީޖާދެއްގެ ގޮތުގައި ޗައިނާގެ ބެޓަވޯލްޓް ކުންފުނިން ސިފަ ކުރެއެވެ.

އެކުންފުނިން ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މި އައު އީޖާދީ ބެޓެރީ އެކިއެކި މުއާސަލާތީ އާލާތްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ ޖައްވީ ދާއިރާގެ އުޅަނދުތަކުގައިވެސް މި ބެޓެރީ ބޭނުން ކުރެވޭނެއެވެ. ސިއްހީ ދާއިރާގައި ބޭނުން ކުރާ އާލާތްތައްވެސް ކަރަންޓް ނެތް ހާލަތެއްގައި ވެސް ބޭނުން ކުރެވިގެން ދިޔުމަކީ އެތައް ފުރާނައެއް ސަލާމަތް ކުރެވިގެންދާނެ ކަމެއްގެ ގޮތުގައިވެސް އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

މި ބެޓެރީ އަކީ ކުޑަ ފައިސާ ފޮއްޗެއްހާ ކުޑަ ބެޓެރިއެކެވެ. އަދި މި ބެޓެރިއަށް ލިބިފައިވަނީ 100 މައިކުރޯ ވޮޓްސް ގެ ކަރަންޓް 3 ވޯލްޓްގައި އުފެއްދުމުގެ ގާބިލްކަމެވެ. ނަމަވެސް 2025 ވަނަ އަހަރު އައުމުގެ ކުރިން މި އަދަދު 1 ވޯލްޓް އަށް އިތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ބެޓެރީގެ ވަށައިގެން ވަނީ ވަރަށް ވަރުގަދަ ސަލާމާތީ ފަށަލައެއް ލާފައެވެ. މި ފަށަލައިގެ ސަބަބުން މި ބެޓެރީގައި އަލިފާން ރޯނުވާނެ ކަމަށާއި ބެޓެރި ގޮވުން ފަދަ ނުރައްކާތެރި ހާދިސާތައް ނުހިނގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި މިީގެ ރޭޑިއޭޝަންގެ އެއްވެސް އަސަރެއް އިންސާނާގެ ހަށިގަނޑަށް ނުކުރާނެ ކަމަށް ވެސް ބެޓަވޯލްޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒީމް

    ސުބްހާނަ ﷲ.

    22
  2. އަލީ

    މޮޅު އަދި ވަރަށް ބޭނުންތެރި އީޖާދެއް. އެކަމަކު ތީތި ގޮވައިފިއްޔާ ވާނީ ކޯޗަކަށްބާ؟ އަނެއްކާ ނިއުކްލިއަރ ބޮމަކަށް ނުވާނެބާ؟

    15
    5
  3. އަހްމަދު އިބްނި އަބްދުލްކަރީމް

    ﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިކަމެވެ.

    17
  4. ައީޖާދު

    އެއްވެސް ސައްކެއްނެތް ގޮތުގައި ތިޔަ ގޮވާފިނަމަ ވާނީ ނިއުކުލިއަރ ބޮމަކަށް

    8
    1
    • އަލީ

      އީރާނައް މިވަގުތު ތިކަހަލަ ނިއުކްލިޔާ ސައިންސިސްޓަކު ވަރަށް މުހިއްމު. ހުޅަނގު ބިރުގަންނަވާލަން އެބަޖެހޭ މިހާރު

      8
      1