17:47

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ޣައްޒާގެ އުތުރުގައި ހިނގައި ދިޔަ ކަންކަން ބަލަމުން އަންނަ ކަމަށް.

17:13

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގައި އަނެއްކާވެސް ބޮޑު ގަތުލުއާންމެއް ހިންގައިފި.

17:00

އިސްރާއީލުން ހާން ޔޫނުސް ސިޓީގައި ހުންނަ އަލް-އަމާލް ހޮސްޕިޓަލަށް އަދިވެސް ދަނީ ހަމަލާތައް ދެމުން. މިއީ އެ ހޮސްޕިޓަލަށް ހަމަލާދޭތާ ހަތަރު ވަނަ ދުވަސް.

16:00

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމާއި އެކީ ޣައްޒާގެ އަލް ނަސީރު ހޮސްޕިޓަލުގައި މިވަގުތު ކާބޯތަކެއްޗާއި ބައެއް ބޭސްތައް ހުސްވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

15:29

އެމެރިކާގެ 35 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަނީ ގަތުލު އާންމެއް ކަމަށް ޕޯލްއަކުން ދައްކައިފި.

ޕޯލް އިން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ގަބޫލު ކުރަނީ އެއީ ގަތުލު އާންމެއް ކަމަށް.

15:03

ޖެނިންގައި އެންމެ ފަހުން ނިރުބަވެރި އިސްރާއީލުން ކުރިއަށް ގެންދިޔަ ރެއިޑުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 24 އަހަރުގެ ވިސާމް ވަލީދު މުހައްމަދު ޚަޝާން ނަމަކަށް ކިޔާ ޒުވާނެއް.

14:30

ޣައްޒާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ދެކެވޭ ވާހަކަތައް ޗައިނާއިން ދޮގުކޮށްފި.

13:21

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ދެ ކުޑަކުދިން ހިމެނޭހެން ޖުމްލަ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:12

ލުބާނާނުގެ ބޯޑަރު ކައިރީގައި އުފެދިފައިވާ ކަންބޮޑުވުންތައް ނިމުމަކަށް ގެނެސްފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި.

13:11

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ނަސީރު ހޮސްޕިޓަލާއި އިތުރަށް ކައިރިވަމުން އަންނަ ކަމަށާއި ހަމަލާތައް ވެސް ވަރުގަދަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

12:20

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ދޭހަވަނީ އދ އާއި ދުނިޔޭގެ އެހެން އިދާރާތަކުގެ އަސަރު ގެއްލިފައިވާ ކަން ކަމަށާއި އެހެން ކަމުން މުސްލިމް ގައުމުތަކާއި އެހެނިހެން ގައުމުތަކުން އެއްބައިވަންތަވެ، އިސްރާއީލާއި އޮންނަ ގުޅުން ކަނޑާލަން ޖެހޭ ކަމަށް އީރާނުގެ ރައީސް، އިބްރާހިމް ރައީސީ ގޮވާލައިފި.

12:13

ލުބުނާނު ބޯޑަރު ކައިރީގެ ބައެއް ސަރަހައްދުތައް ނިރުބަވެރި އިސްރާއީލުން ކުއްލި ހާލަތަށް ގެނެސްފި.

11:34

ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން އިތުރަށް ގޯސް ވިޔަ ނުދިނުމަށް ޓަކައި ތުރުކީ އާއި އިރާނުން އެކީގައި މަސައްކަތް ކުރަން ނިންމައިފި

 

11:17

ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި ކުރަމުން އަންނަ ހަނގުރާމަ ރޭ ވެސް ވަރުގަދައަށް ދިޔަ ކަމަށާއި އެ ކުރިމަތިލުންތަކުގައި ނިރުބަވެރި އިސްރާއީލުން ޖެނިންގެ ބައެއް އިމާރާތްތައް ސުންނާފަތި ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

11:16

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހަށް ދިން ބޮމުގެ ހަމަލާގައި މީހަކު ޝަހީދު ވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ބޮމުގެ ހަމަލާ ދިފައިވަނީ ޓަލް-އަލް ސުލްތާން ސަރަހައްދުގައި.

10:46

ބަނޑުހައި ހޫނު ކަމުގައި މަރުވެފައިވާ އުމުރުން 5 މަހުގެ ތުއްތު ކުއްޖެއް.

09:21

ނިރުބަވެރި އިސްރާއީލުން ނަސީރު ހޮސްޕިޓަލް ބޭރުގައި ދެމުން އަންނަ ހަމަލާތައް

 

09:20

ފަހުގެ މައުލޫމާތު:

  • 372 ސްކޫލް އިމާރާތް، ޣައްޒާގެ 75 އިންސައްތަ ސްކޫލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްފަ.
  • 12 ސްކޫލެއް އެއްކޮށް ސުންނާފަތި ކޮށްފައިވާއިރު، 99 ސްކޫލަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ.
  • 625،000 އަށްވުރެ ގިނަ ދަރިވަރުން އަދި 22،564 ޓީޗަރުންނަށް ރައްކާތެރި ގޮތުގައި ކިޔެވުމުގައި ބައިވެރިވެފައެއް ނުވޭ.

 

09:18

1.3 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަ ރަފާހުގައި ކުދަކުދިންތަކެއް ޤުރުއާން ކިޔަވަނީ

08:49

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ އަދަދު 25،700 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުން ދައްކައިފި

 

08:35

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުން މީހުން ދޫކުރެވޭނެ ގޮތެއް ހަދައި ދިނުމަށް ގޮވާލައި، ޓެލް އަވިވްގެ ހައިވޭ އެއް އެގައުމުގެ އެތަކެއް ބަޔަކު މުޒާހަރާއެއްގެ ތެރެއިން ބަންދު ކޮށްފި.

08:34

ޚާން ޔޫނިސްގެ ހާލަތު ދުވަހުން ދުވަހަށް ގޮސް ވަމުން އަންނަ ކަމަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސްއެން ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި. ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓުން އެފަދައިން ބުނެފައިވަނީ ނިރުބަވެރި އިސްރާއީލުން ޚާން ޔޫނިސްގައި ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގަ.

ޚާން ޔޫނިސްގައި ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ނިރުބަވެރިން ވަނީ ފާއިތުވި 48 ގަޑިއިރު ޚާން ޔޫނިސްގައި ވަރުގަމަ ހަމަލާތަކެއް ދީފަ.

08:32

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ ބޯހިޔާވަހިކަމުގެ އިމާރާތެއް ސުންނާފަތި ކޮށްލައިފި.

 

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އެމީހުން ބުނި ގޮތަށް މިހާރު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެތަކެއް ރިޕޯޓްތަކުން ފާއިތުވި ދުވަސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ނަމަވެސް މީގެ ކުރިން ވެސް މިފަދައިން ބުނެފައިވާތީ، އެކަމަކީ އެއީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ބިރު ދެއްކުމަށް ނިރުބަވެރިން ބުނަމުން އަންނަ ވާހަކައެއް ކަމަށް ބައެއް ފަރާތްތަކަށް ވަނީ ހީވެފައެވެ.

ނިރުބަވެރިންގެ އެވާހަކަތަކަކީ ބިރުދެއްކުމުގެ ގޮތުން ބުނަމުން އަންނަ ވާހަކައެއް ނޫންކަން އެނގިގެން ގޮސްފައިވަނީ ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދުގެ ބޮޑު ތިން ހޮސްޕިޓަލެއް ވަށާފައި، ފަލަސްތީން ރެޑް ކްރެސެންޓުގެ އެމްބިއުލާންސް ހެޑް ކުއާޓާސް ވަށާލުމާއި އެކީއެވެ. އެއީ ނަސީރް ހޮސްޕިޓަލް، އަލް އަމަލް ހޮސްޕިޓަލުގެ އިތުރުން އަލް- އަޤްސާ ހޮސްޕިޓަލެވެ.

ޚާން ޔޫނިސްގައި ނިރުބަވެރިން ހިންގަމުން އަންނަ އޮޕަރޭޝަން އިތުރަށް ވަރުގަދަކޮށް ފުޅާކުރާނެ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނިތާ ހަފްތާއެއްހާ ދުވަސް ވެސް ނުވަނީ މި ތިން ހޮސްޕިޓަލް ވަށާލައި ވަރުގަދަ ހަމަލާތައް ނިރުބަވެރިން ދެމުން އަންނަނީ އެތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އަނިޔާއާއި ބިރުވެރިކަން ދެއްކުމަށެވެ.

އެ ހޮސްޕިޓަލްތަކުގައި ޒަހަމް ވެގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އިތުރުން ވެސް ބޯހިޔާވަހިކަން ހޯދަމުން އަންނަ ގިނަ މީހުން ވެސް އެބަ ތިއްބެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއިލާއި ޣައްޒާއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު