މަސް ފިހަން ބޭނުން ކުރާ އުލެއް ބޮލަށް ހެރި މަރާއި ހަނގުރާމަ ކުރަމުންދިޔަ ކުއްޖާގެ އޮޕަރޭޝަނެއްކޮށް، އޭނާ ސަލާމަތްކޮށްފިއެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އެ ފިރިހެން ކުއްޖާ ބޮލަށް އެ އޫ ހެރުނު ނަމަވެސް ސިކުނޑިއަށް އޭގެ އަސަރުކޮށްފައެއް ނުވެއެވެ. އަދި ކުރި ބޮޑު އޮޕަރޭޝަނަކަށްފަހު އޭނާ ހާލު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޒާވިއާ ނަމަކަށް ކިޔާ ކުއްޖާގެ ބޮލަށް އެ އޫ ހެރުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުޅެންވެގެން ޓްރީހައުސް އަށް އަރަން ބޭނުން ކުރާ ހަރުގަނޑަށް އަރާ އުޅެނިކޮށް ވެއްޓިގެންނެވެ. އޭނާ އެ ވަގުތު ކުޅެން ހުރީ ގެއާ މާ ދުރުނޫން ހިސާބެއްގައެވެ.

އަދި އެ ހާދިސާ ހިނގުމުން އޭނާ ވަގުތުން ދުވެފައި ގެއަށް ދިޔައެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީ ކޮޓަރިއާއި ހަމައަށްވެސް އޭނާ ދިޔައީ ހިނގާފައި ކަމަށް ވެއެވެ. އަދި އެ އޮޕަރޭޝަން ކުރުމަށް ދެ ހޮސްޕިޓަލަކަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

މިހާރު އޭނާއަށް ފަރުވާދެމުން ދަނީ މިޑް ވެސްޓާން ސްޓޭޓް އޮފް ކަންސަސްގައި ހުންނަ ހޮސްޕިޓަލެއްގައެވެ. އެ އޫ ހެރިގެން މިދިޔަ އާދީއްތަ ދުވަހު އޭނާގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ފޫޓެއްހާ ދިގުމިނުގައި ހުރި އެ އޫ އޭނާގެ ކޮލުގެ ނާށިގަނޑުގެ ތެރެއިން ވަދެ ބޮލުގެ ފުރަގަހުން ވަނީ ނުކުމެފައެވެ.

އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނީ، އޭނާ ސަލާމަތުން އެ ހުރުމަކީ އޭނާގެ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެން

    ސުބުހާނަﷲ. އަލްހަމްދު ލިﷲ