ބޭނުންވާ ތަކެތި:

3 ބިސް

5 ރޯ ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

1 ސައިސަމްސާ ޕެޕްރިކާ ޕައުޑާ

1 ފިޔާ (ތުނިކޮށް ކޮށާފައި)

1/2 ސައިސަމްސާ ދިރި

3 ސައިސަމްސާ ތެޔޮ

1 ތޮޅި މިރުސް ކޮށާފަ

ލޮނު

2 ސައިސަމްސާ އަސޭމިރުސް

1 ކުޑަ ކެޕްސިކަމް (ތުނިކޮށް ކޮށާފައި)

1 ސައިސަމްސާ ޗިލީ ފްލޭކްސް

1 ސައިސަމްސާ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި ތެޔޮ ކޮޅު ހޫނުކުރާށެވެ. އެއަށް ފަހު ފިޔާ އަޅާ މީރުކޮށްލާށެވެ. ލޮނުމެދު ޕޭސްޓުކޮޅު އަޅާށެވެ. އެއަށް ފަހު ކެޕްސިކަމް އާއި މިރުސް އަޅާށެވެ. އިރުކޮޅެއް ވަންދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ހަވާދުގެ ހުރިހާ ބައިތަކާ އެކު ޓޮމާޓޯ ކޮޅު ވެސް އަޅާށެވެ. އިރުކޮޅެއް ވަންދެން ކައްކާލައި ހަކުރުކޮޅު އަޅާށެވެ. މަޑު ގިނީގައި ކައްކާލައި ޓޮމާޓޯ ސޯސް އޮލަ ވަންދެން ކައްކާށެވެ. ސަމްސަލަކުން ނަމަވެސް ސޯސްގަނޑުގައި ކުޑަ އަޑިކޮޅެއް ހަދާށެވެ. އެ އަޑިކޮޅަށް ބިސްތައް ތަޅާފައި އަޅާށެވެ. ލޮނާއި އަސޭމިރުސް އަޅާ ސީޒަންކޮށްލާނީއެވެ. ބިސް އެޅުމަށް ފަހު އެއްވެސް ގޮތަކަށް އެއް ނުކުރާށެވެ. ތަވާގައި މަތިޖަހާލައި ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ކައްކާލާށެވެ. މިގޮތަށް ކެއްކުމުން ބިހުގެ ގޮބޮޅި އޮންނާނީ ރަނގަޅަށް ސެޓްވެފައެވެ. އެކަމަކު މަޑުކޮށެވެ. ބޭނުން ނަމަ ގިނަ އިރުވަންދެން އެއްކޮށް ހަރުވަންދެން ކައްކާލެވިދާނެއެވެ. ގާނިޝްކޮށްލަން މައްޗަށް ކޮރިއަންޑާ ފަތްކޮޅެއް އަޅާށެވެ. މިހާރު އެހުރީ ޝަކްޝުކާ ތައްޔާރުކޮށް ނިމިފައެވެ.