ބޭނުންވާނެ ތަކެތި

1/2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޖެލީ (ބޭނުން ކުލައެއް)

3 މޭޒުމަތީ ސަމްސާ ފޯކޮށްފައި ހުރި އިސްޕަގުލު

4 މޭޒުމަތީ ސަމްސާ ގެރިކިރު

1 ސްކޫޕް ވެނީލާ އައިސްކްރީމް

ރޯސްސިރަޕް (ފިޔާތޮށި ކުލަ ހިފާވަރަށް)

1 ބިއްލޫރި ތަށި އައިސްފެން

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ކިރާއި ފެން އަދި ރޯސްސިރަޕް މިކްސްޗަރަށް އަޅާފައި ގިރާލާނީއެވެ. އެއަށް ފަހު ތައްޓަކަށް އަޅާފައި އިސްޕަގުލުކޮޅު އެއްކޮށްލާނީއެވެ. ދެން އައިސްކްރީމް އާއި ޖެލީކޮޅި އަަޅާލުމުން އެހުރީ ބޯލަން މީރު ފަލޫދާ ހެދިފައެވެ.