ބޭނުންވާ ތަކެތި:

250 ގްރާމް ބަޓާ (އޮށް ނަގައި ކުދިކޮށް ކޮށާފައި)

1 ޖޯޑު ހަނޑުލުގެ ބަތް

2 މޭޒުމަތީ ސައިސަމުސާ ތެޔޮ

1/2 މޭރުމަތީ ސަމުސާ ރީނދޫ

1/2 މޭޒުމަތި ސަމުސާ އިނގުރު (ގާނާފައި)

1 ފިޔާ (ކޮށާފައި)

އެކިވައްތަރުގެ ނަޓްސް

ލޮނު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ބަޓާކޮޅުގެ ތެރެއަށް އެއް މޭޒުމަތީ ސައިސަމުސާ ތެޔޮ، އިނގުރު، ރީނދޫ އެއްކޮށްފައި ޓްރޭގައި އަތުރައިފައި ތިން މިނެޓްވަންދެން ފިހެލާށެވެ. ފިޔާ މީރުކޮށްފައި ފިޔާކޮޅު ވަޅޯކޮށްލުމަށް ފަހު ހުރިހާ ނަޓްތައް އެޅުމަށްފަހު ރަނގަޅަށް ރޯސްޓް ކޮށްލާށެވެ. ދެން އެއަށްފަހު ބަތާއި ބަޓާނާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. ތެލީގެ މަތި ޖަހާފައި މަޑު ގިނީގައި ދެ މިނިޓް ވަންދެން ބަހައްޓާށެވެ. ދެން މަތި ނަގާފައި ރަނގަޅަށް ހާވާލާށެވެ. މިހާރު އެހުރީ ބަޓާނާ އެންޑް ނަޓްސް ތައްޔާރުކޮށް ނިމިފައެވެ.